N/A
މިދިޔަ މަހުގެ ފަހުކޮޅު ހުޅުމާލޭ ބާ އިންޖީނުގޭގައި
ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު މުވައްޒަފު ނިޔާވެއްޖެއެވެ.
އުމުރުން 43 އަހަރުގެ އަހުމަދު އަޒްމީލް ނިޔާވީ
ތައިލޭންޑުގެ ބެންކޮކް ހޮސްޕިޓަލގައި ފަރުވާދެމުންދަނިކޮށެވެ.
މިދިޔަ މަހުގެ 26 ގައި އަލިފާނުގެ އެ ހާދިސާ ހިނގީ
އެ އިންޖީނުގޭ ސްވިޗް ގިއަރަކަށް ދިމާވި މައްސަލައެއް ހައްލުކުރަން އުޅުމުގެ ތެރޭގައެވެ.
އެ ހާދިސާގައި އަޒްމީލްގެ ހަށިގަނޑުގެ އެކި ތަންތަން ވަރަށް ބޮޑަށް ފިހުނެވެ.
ފުރަތަމަ ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާދީ އަދި
އެއަށްފަހު އޭޑީކޭއަށް ބަދަލުކޮށް އަދި އެއަށްފަހު އިތުރު ފަރުވާއަށް ތައިލެންޑަށް
ގެންދިޔައީ މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް