ރޯދައަށް ތޮއްޑުއަށް ގެންދިޔަ ޖަނަރޭޓަރުން ޚިދުމަތްދޭންފަށައިފި

ރަމަޟާން މާހާއި ދިމާކޮށް ސްޓެލްކޯއިން އއ. ތޮއްޑުއަށް ގެންދިޔަ ޖަނަރޭޓަރު ސެޓު ކޮމިޝަންކޮށް ޚިދުމަތްދޭން ފަށައިފިއެެވެ. ސްޓެލްކޯއިން ބުނީ ތޮއްޑޫގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި ރަ...

21 Jan 2026 | 04:38
ސްޓެލްކޯއިން އއ. ތޮއްޑުއަށް ގެންދިޔަ ޖަނަރޭޓަރު ސެޓު ކޮމިޝަންކޮށް ޚިދުމަތްދޭން ފަށައިފައި/ ފޮޓޯ: ސްޓެލްކޯ

ސްޓެލްކޯއިން އއ. ތޮއްޑުއަށް ގެންދިޔަ ޖަނަރޭޓަރު ސެޓު ކޮމިޝަންކޮށް ޚިދުމަތްދޭން ފަށައިފައި/ ފޮޓޯ: ސްޓެލްކޯ

ރަމަޟާން މާހާއި ދިމާކޮށް ސްޓެލްކޯއިން އއ. ތޮއްޑުއަށް ގެންދިޔަ ޖަނަރޭޓަރު ސެޓު ކޮމިޝަންކޮށް ޚިދުމަތްދޭން ފަށައިފިއެެވެ.

ސްޓެލްކޯއިން ބުނީ ތޮއްޑޫގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި ރަމަޟާން މަހާއި ކުރިއަށް އޮތް ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އެ ރަށު އިންޖީނުގެއަށް ގެންދެވުނު 1000 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓް މިހާރު ކޮމިޝަންކޮށް ޚިދުމަތް ދޭން ފަށާފައި ވާކަމަށެވެ.

އެ ޖަނަރޭޓަރާއެކު ތޮއްޑޫގެ ޖުމްލަ ޖަނަރޭޝަން ކެޕޭސިޓީ 3592 ކިލޯވޮޓަށް އިތުރުވެގެން ގޮސްފައިވާކަމަށާއި އެއީ ރަށުގެ ކަރަންޓުގެ ޚިދުމަތުގެ އިތުބާރުބޮޑުވެ، ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ.

ސްޓެލްކޯއިން ވަނީ ތޮއްޑޫގެ އިތުރުންވެސް އެހެން ރައްތަކަށްވެސް ޕީކް ސީޒަނަށް ތައްޔާރުވުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމުގެ ގޮތުން ކަރަންޓު އުފެއްދުމުގެ ޤާބިލުކަން އިތުރުކުރުމަށް އަލަށް ގެނައި ޖަނަރޭޓަރު ސެޓުތައް ފޮނުވުމުގެ މަސައްކަތް ފަށާފައެވެ.

ސްޓެލްކޯއިން އަލަށްގެނައި ޖަަނަރޭޓަރުތައް ރަށްރަށަށް ފޮނުމުގެ ތެރެއިން/ ފޮޓޯ: ސްޓެލްކޯ

ސްޓެލްކޯއިން ބުނީ މި މަސައްކަތުގެ ސަބަބުން އެ ކުންފުނިން ރަށްރަށުގައި ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތުގެ އިތުބާރު ބޮޑުވެ، ރައްޔިތުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް