ކޯވިޑް-19 ވެކްސިން މިއަދު ދީފައިވަނީ 1،807 މީހުންނަށް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭއިން ބުނީ މިއަދު އަތޮޅުތެރޭގަ ވެކްސިން ދީފައިވަނީ 1،151 މީހުންނަށެވެ. މާލޭގައި މިއަދު ވެކްސިން ދީފައިވަނީ 656 މީހުންނަށެވެ.
މިހާތަނަށް ރާއްޖޭގައި ކޯވިޑް-19 ވެކްސިން ދީފައިވަނީ 235،682 މީހުންނަށެވެ.
އޭގެ ތެރެއިން 130،376 މީހުންނަށް ވެކްސިން ދީފައިވަނީ މާލޭގައި އެވެ. އަތޮޅު ތެރޭގައި ވެކްސިން ދީފައިވަނީ 105،306 މީހުންނަށެވެ.
ވެކްސިން ދެމުން ދަނީ މާލޭގެ އަށް ސެންޓަރަކާއި ދެ މޮބައިލް ޓީމު މެދުވެރިކޮށެވެ. އަތޮޅު ތެރޭގައި 169 ސެންޓަރެއްގައި ވެކްސިން ދެ އެވެ.
https://twitter.com/HPA_MV/status/1376946234313740289
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް