މާލެއިން 86، އަތޮޅު ތެރެއިން 59 މީހުންނާއި އެކު މިއަދު 167 ކޭސް

ރާއްޖެއިން ކޯވިޑް-19 އަށް އިތުރު 167 މީހުން ޕޮސިޓިވް ވެއްޖެ އެވެ. މިއަދު ޕޮސިޓިވްވެފައިވަނީ މާލެއިން 86 މީހުންނާއި އަތޮޅު ތެރެއިން 59 މީހުންނެވެ. އިތުރަށް ޕޮސިޓިވްވެފައިވަނީ ރިސޯޓުތަކުން 21 މީހުންނާއި...

30 Mar 2021 | 17:09

ރާއްޖެއިން ކޯވިޑް-19 އަށް އިތުރު 167 މީހުން ޕޮސިޓިވް ވެއްޖެ އެވެ.

މިއަދު ޕޮސިޓިވްވެފައިވަނީ މާލެއިން 86 މީހުންނާއި އަތޮޅު ތެރެއިން 59 މީހުންނެވެ. އިތުރަށް ޕޮސިޓިވްވެފައިވަނީ ރިސޯޓުތަކުން 21 މީހުންނާއި އިންޑަސްޓްރިއަލް ރަށްތަކުން މީހެކެވެ،

މިއަދު ކޯވިޑް ޓެސްޓު ކޮށްފައިވަނީ 3،493 ސާމްޕަލެވެ.

ކޯވިޑް ޖެހިގެން މިވަގުތު ފަރުވާ ދެމުން ދަނީ 2،780 މީހުންނަށެވެ. އޭގެ ތެރެއިން 91 މީހުންނަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެންނެވެ.

ކޯވިޑް ޖެހުނު މީހުންގެ ތެރެއިން މިއަދުގެ ނިޔަލަށް 20،984 މީހުން ވަނީ ބަލިން ރަނގަޅުވެފައި އެވެ. ޕޮސިޓިވް ވި މީހުންގެ ތެރެއިން މަރުވެފައިވަނީ 66 މީހުންނެެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވަނީ 23،838 މީހުންނެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް