މާފަންނުގައި ހަމަނުޖެހުމެއް ކޮންޓްރޯލު ކުރުމަށް ފުލުހުން ހަރަކާތްތެރިވަނީ

މާފަންނުގައި މިރޭ ހިނގި ހަމަނުޖެހުމެއް ކޮންޓްރޯލު ކުރުމަށް ފުލުހުން ހަރަކާތްތެރިވަމުން އެބަދެއެވެ. ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މި ހަމަނުޖެހުން ހިނގާފައިވަނީ މާފަންނަށް ނިސްބަތްވާ ދެ ގްރޫޕެއ...

30 Mar 2021 | 17:04

މާފަންނުގައި މިރޭ ހިނގި ހަމަނުޖެހުމެއް ކޮންޓްރޯލު ކުރުމަށް ފުލުހުން ހަރަކާތްތެރިވަމުން އެބަދެއެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މި ހަމަނުޖެހުން ހިނގާފައިވަނީ މާފަންނަށް ނިސްބަތްވާ ދެ ގްރޫޕެއްގެ ދެމެދުގައެވެ.

ދުވަހަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ މުރަނގަމަގުގައި މާރާމާރިއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު މިރޭ 8:13 އެހާކަންހާއިރު ފުލުހުންނަށް ލިބިފައިވާކަމަށެވެ.

"ފުލުހުން އެ ސަރަހައްދަށް ދިޔައިރު އެމީހުން އެ ސަރަހައްދު ދޫކޮށް ވަނީ ގޮސްފައި" ފުލުހުން ބުނެފައިވެއެވެ.

އިތުރަށް ފުލުހުން ބުނެފައިވަނީ މިކަމާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް