ގދ ތިނަދޫގައި ޖެންޑާ މިނިސްޓްރީން ހިންގާ ސޭފް ހޯމްގައި ބަލަހައްޓަމުންދާ ކުދިން ނިންދަވަނީ ބިންމަތީގައި ކަމަށް ބުނެ އޮންލައިން ނޫސް "ދިޔަރެސް" އިން ކޮށްފައިވާ ރިޕޯޓުގެ ހަގީގަތް ޖެންޑާ މިނިސްޓްރީން ހާމަކޮށްފި އެވެ.
އެ ތަނުގައި ކުޑަކުއްޖަކު ބިންމަތީގައި ނިދާފައި އޮންނަ ފޮޓޯއެއް އާންމު ކުރުމަށް ފަހު ދިޔަރެސް އިން ވަނީ އެތަނުގައި ކުދިން ނިންދަވަނީ ބިންމަތީގައި ކަމަށް ބުނެފައިވެ އެވެ. އަދި ކުދިންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ނުލިބޭ ކަމަށް ބުނެފައިވެ އެވެ.
މިކަމާއި ގުޅިގެން ޖެންޑާ މިނިސްޓްރީގެ އިތުބާރު އޮތްފަރާތަކުން ވިދާޅުވީ ތިނަދޫގައި ހުންނަ ސޭފް ހޯމްގެ މަރާމާތުގެ މަސައްކަތް ކުރިޔަށްދާތީ ކުދިން މިހާރު ބައިތިއްފައި ތިބީ އެތަނުގެ އޮފީސް އިމާރާތުގެ މަތީގައި ކަމަށެވެ. އެކަމަކު އެކުދިންނަށް ބޭނުންވާ އަސާސީ ބޭނުންތައްއެތަނުގައި ފުރިހަމަކޮށްދެވިފައި ވުމުގެ އިތުރުން ކުދިންގެ ރައްކާތެރިކަން ކަށަވަރު ކޮށްފައިވާނެ ކަމަށެވެ.
އެގޮތުން އޮފީސް ބައިގައި މިހާރު ހުރީ 4 އެނދު ކަމަށްވާތީ ތިބި 8 ކުދިންގެ ތެރެއިން ކުޑަކުދިން ހިމެނޭ ޢާއިލާގެ ކުދިން ނިންދަވަނީ އެ 4 އެނދުގައި ކަމަށް ބުނެ އެވެ. އަދި ދެން ތިބި ކުދިން ނިންދަވަނީ ގޮދަނޑި އަޅައިގެން ތަޅުންގަނޑު މަތީގައި އެވެ.
އޭނާ ވިދާޅުވީ އެ ނޫހުގައި ޖަހާފައިވާ ފޮޓޯއިން ފެންނަ މަންޒަރަކީ އެތަނުގައި އުޅޭ ކުއްޖެއް އެއް ރެއަކު ކުރި ކަމެއް ކަމަށާއި އެ ކުއްޖާވަނީ ހަމަ އެގަޑީގައި ކޮޓަރިއަށް ގެންގޮސްފައި ކަމަށެވެ. ފޮޓޯ ނަގާފައިވަނީ ގދ. އެފް.ސީ.އެސެ.ސީގައި މަސައްކަތްކުރާ މުވައްޒަފެއް ކަމަށާއި ނެގި ފޮޓޯވަނީ ގދ. އެފް.ސީ.އެސެ.ސީގެ ވައިބަރ ގުރޫޕުގައި ހިއްސާކޮށްފައިވާ ކކަމަށެވެ.
ފޮޓޯ ޢާންމުކުރި/ މީޑިއާއަށް ދިން ފަރާތެއް ހޯދުމަށް މިނިސްޓްރީގެ އެޗްއާރުއެމްޑީއިން ދަނީ ބަލަމުންނެވެ.
ޖެންޑާއިން މައުލޫމާތު ދޭގޮތުގައި ސޭފް ހޯމްގައި ތިބި ކުދިންނަށް ބޭނުންވާ ޟަރޫރީ ހުރިހާ ސާމާނެއްވަނީ ފޯރުކޮށްފީފައި އެވެ. މި ކުދިންނަށް ފައިދާ ހުރި ރަނގަޅު ކާނާ ހިމަނައިގެން މެނޫ އެއް ތައްޔާރުކޮށް އެމެނޫ އާއި އެއްގޮތަށް ކެއިން ބުއިމުގެ އިންތިޒާމް ހަމަޖައްސާދީފައިވާނެ ކަމަށާއި ސްކޫލަށް ދިއުމުގެ އެންމެހައި އިންރިޒާމެއްވެސްވަނީ ހަމަޖައްސާދީފައިވާ ކަމަށް ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް