ގެއްލުނު ސިފައިންގެ މީހާގެ ހަށިގަނޑު ކަނޑުގެ އަޑިން ފެނިއްޖެ

ގެއްލުނު ސިފައިންގެ މީހާގެ ނިޔާވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ. އެމްއެންޑީއެފްގެ ތަރުޖަމާން މޭޖާރ އިބްރާހިމް އާޒިމް ވިދާޅުވީ ސިފައިންނަށް ފާރިޝްގެ ހަށިގަނ...

30 Mar 2021 | 16:23

ގެއްލުނު ސިފައިންގެ މީހާގެ ނިޔާވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެމްއެންޑީއެފްގެ ތަރުޖަމާން މޭޖާރ އިބްރާހިމް އާޒިމް ވިދާޅުވީ ސިފައިންނަށް ފާރިޝްގެ ހަށިގަނޑު ފެނުނީ މިރޭ 20:50 ކަންހާއިރު ކަމަށެވެ.

ގެއްލިގެން ހޯދާފައި ވަނީ ލ. ކައްދޫ އިރުމަތި ފަރާތު މޫދަށް ފޭބި ލާންސްކޯޕްރަލް ހުސައިން ފާރިޝްއެވެ.

ފާރިޝް ގެއްލުނީ އިތުރު ތިން މީހުންނާއެކު މޫދަށް އެރިގެން އުޅެނިކޮށެވެ. އާޒިމް ވިދާޅުވީ އެމީހުން މޫދަށް އެރުނީ އެމީހުންގެ އޮފް ގަޑީގައި ސްނޯކްލިންގް އަށް މަސްހިފަން ކަމަށެވެ.

ފާރިޝް ފެނިފައި ވަނީ އޭނާ ހޯދަމުން ދަނިކޮށް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރޮންގެ ޑައިވަރުންނަށެވެ.

ފާރިޝް ގެއްލިގެން ރިޕޯޓްކޮށްފައި ވަނީ މިއަދު ހަވީރު 17:40 ހާއިރު ކަމަށް އާޒިމް ވިދާޅުވިއެވެ.

މޫދަށް ފޭބި ހަތަރު ސިފައިންގެ ތެރެއިން އިތުރު ސިފައިންގެ މީހަކު ގެނބުނު ކަމަށާއި އެމީހާއަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުން ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވާ، ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށި. އާމީން. އަދި މިފަދަ ހިތްދަތި ވަގުތެއްގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް