މޫދަށް ފޭބި ސިފައިންގެ މީހެއް ގެއްލިގެން ހޯދަނީ

ލ. ކައްދޫ އިރުމަތި ފަރާތު މޫދަށް ފޭބި ލާންސްކޯޕްރަލް ހުސައިން ފާރިޝް ގެއްލިގެން ހޯދަން ފަށައިފިއެވެ. އެމްއެންޑީއެފް ގެ ތަރުޖަމާނު މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ، ފާރިޝް ގެއްލުނީ އިތުރު ތިން މީހުންނާ...

30 Mar 2021 | 14:56

ލ. ކައްދޫ އިރުމަތި ފަރާތު މޫދަށް ފޭބި ލާންސްކޯޕްރަލް ހުސައިން ފާރިޝް ގެއްލިގެން ހޯދަން ފަށައިފިއެވެ.

އެމްއެންޑީއެފް ގެ ތަރުޖަމާނު މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ، ފާރިޝް ގެއްލުނީ އިތުރު ތިން މީހުންނާއެކު މޫދަށް އެރިގެން އުޅެނިކޮށް ކަމަށެވެ.

އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރޮންގެ ޑައިވަރުން ދަނީ ފާރިޝް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ފާރިޝް ގެއްލިގެން ރިޕޯޓްކޮށްފައި ވަނީ މިއަދު ހަވީރު 17:40 ހާއިރު ކަމަށް އާޒިމް ވިދާޅުވިއެވެ.

މޫދަށް ފޭބި ހަތަރު ސިފައިންގެ ތެރެއިން އިތުރު ސިފައިންގެ މީހަކު ގެނބުނު ކަމަށާއި އެމީހާއަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުން ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

ތަފްސީލު އަންނަނީ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް