ގާދިއްފުށީގައި ފެނާއި ނަރުދަމާ އެޅުމުގެ އަމަލީ މަސައްކަތް ފަށައިފި

ތ. ގާދިއްފުށީ ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް ފަށައިފި އެވެ. މި މަޝްރޫއު ކުރިޔަށް ގެންދަނީ އެމްޓީސީސީންނެވެ. އެ ކުންފުނިން ބުނީ އެ މަޝްރޫއުގެ ދަށުން އާރްއޯ ޕްލާންޓާއި އޮފީސް އިމާރާތް ހުންނަ ސައިޓު...

30 Mar 2021 | 10:43

ތ. ގާދިއްފުށީ ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

މި މަޝްރޫއު ކުރިޔަށް ގެންދަނީ އެމްޓީސީސީންނެވެ.

އެ ކުންފުނިން ބުނީ އެ މަޝްރޫއުގެ ދަށުން އާރްއޯ ޕްލާންޓާއި އޮފީސް އިމާރާތް ހުންނަ ސައިޓު ސާފުކުރުމުގެ މަސައްކަތް އިއްޔެ ފަށާފައިވާ ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން އެ ކުންފުނިން ގާދިއްފުށީގައި ފެނާއި ނަރުދަމާ ނިޒާމު ފަރުމާ ކޮށް، ރަށުގައި ފެނާއި ނަރުދަމާގެ ވިއުގަ އެެއް އަޅާނެ އެވެ. އަދި އާރް.އޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކު ބެހެއްޓުމުގެ އިތުރުން ގޭގެއަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅައިދޭނެ އެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ އެ މަޝްރޫއު ހަވާލުކުރީ 2019ގެ ސެޕްޓެމްބަރުގަ އެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ހަވާލުކުރި މަސައްކަތުގެ އަގަކީ 21.1 މިލިއަން ރުފިޔާ އެވެ.

މި މަސައްކަތް ނިންމަން ދީފައިވަނީ ދެ އަހަރު ދުވަހުގެ މުއްދަތެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް