ކުޑަކުދިންނަށް ކުރާ އަނިޔާގެ ތެރެއިން އެންމެ ގިނައީ ޖިންސީ ހާނިއްކައިގެ މައްސަލަ: ޖެންޑާ

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 92 މައްސަލަ ފެބުރުވަރީ މަހު ޖެންޑާއަށް ރިޕޯޓުކޮށްފައި ވާ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ. ޖެންޑާ މިނިސްޓްރީން އާންމުކޮށްފައި މިދިޔަ މަހުގެ ތަފާސް ހިސ...

30 Mar 2021 | 10:33

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 92 މައްސަލަ ފެބުރުވަރީ މަހު ޖެންޑާއަށް ރިޕޯޓުކޮށްފައި ވާ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

ޖެންޑާ މިނިސްޓްރީން އާންމުކޮށްފައި މިދިޔަ މަހުގެ ތަފާސް ހިސާބު ދައްކާގޮތުން ކުޑަކުދިންނަށް ކުރާ އަނިޔާތަކާއި ގުޅިގެން އެންމެ ގިނައިން މިދިޔަ މަހު ރިޕޯޓު ކޮށްފައިވަނީ ޖިންސީ ހާނިއްކައިގެ މައްސަލަތަކެވެ. ޖިންސީ ހާނިއްކައިގެ 25 މައްސަލަ މިދިޔަ މަހު ހުށަހަޅާފައިވެ އެވެ.

އޭގެ އިތުރުން، ކުޑަކުދިންނަށް ކުރާ އެކިބާވަތުގެ އަނިޔާގެ 67 މައްސަލައެއް ޖެންޑާއަށް ހުށަހަޅާފައި ވެއެވެ. އެއީ ޖިސްމާނީގޮތުންނާއި ނަފްސާނީ ގޮތުން އަދި ގެވެށި އަނިޔާއާއި ނަހަމަ ގޮތުގައި ބޭނުން ކުރުން ފަދަ ތަފާތު އެތައް ކަމަކާ ގުޅިގެންނެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 38 މައްސަލަ ފެބުރުވަރީ މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ. މި ފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުން ކުރެވޭ އަނިޔާގެ މައްސަލައާއި ޖިސްމާނީ އަނިޔާކުރުމުގެ މައްސަލައެވެ.

އެގޮތުން ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުން ކުރެވޭ އަނިޔާގެ 14 މައްސަލައާއި ޖިސްމާނީ އަނިޔާކުރުމުގެ 14 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.

މީގެ އިތުރުން އިހުމާލުވުމުގެ ތިން މައްސަލަ، ޖިންސީ ހާނިއްކަކުރުމުގެ އެއް މައްސަލަ، ނަހަމަގޮތުގައި ބޭނުންކުރުމުގެ އެއް މައްސަލަ، ޖިންސީ ފުރައްސާރަކުރުމުގެ އެއް މައްސަލަ، މާލީ ނުވަތަ އިޤްތިޞާދީ ފުދުންތެރިކަން ފޯރުކޮށްދިނުމުގައި ހުރަސްއެޅުމުގެ އެއް މައްސަލަ ހުށަހަޅާފައިވެ އެވެ.

މުދާ ހިފެހެއްޓުމާއި މުދަލަށް ގެއްލުންދިނުމުގެ އެއް މައްސަލަ، ބާރާއި ނުފޫޒު ފޯރުވުމުގެ މައްސަލައެއް އަދި ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމާ ގުޅޭ އެއް މައްސަލަ މިދިޔަ މަހު ހުށަހަޅާފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް