ނިޔާވި ދަރިފުޅުގެ ކައިވެނި ހެދުމާއި ދޮންދަރި

މިއީ، ނިޔާވި ދަރިފުޅުގެ ކައިވެނި ހެދުން ނުދިނުމުން ދޮންދަރީގެ ނުރުހުމުގެ ސަބަބުން އަންހެނަކު ކިޔައިދީފައިވާ ވާހަކަކޮޅެކެވެ. އުމުރުން 49 އަހަރުގެ މި އަންހެން މީހާ، އޭނާގެ ހަޔާތަށް ދިމާވި ކަންތައް ކިޔައ...

30 Mar 2021 | 09:53

މިއީ، ނިޔާވި ދަރިފުޅުގެ ކައިވެނި ހެދުން ނުދިނުމުން ދޮންދަރީގެ ނުރުހުމުގެ ސަބަބުން އަންހެނަކު ކިޔައިދީފައިވާ ވާހަކަކޮޅެކެވެ.

އުމުރުން 49 އަހަރުގެ މި އަންހެން މީހާ، އޭނާގެ ހަޔާތަށް ދިމާވި ކަންތައް ކިޔައިދެމުން ބުނެފައި ވެއެވެ. އޭނާގެ ދަރިފުޅު ލައުރެން މަރުވީ، ލައުރެންގެ ކައިވެންޏަށް މަހެއް ވެފައި ވަނިކޮށެވެ. އެކަމުގެ ހިތާމައިގައި އުޅެމުން ދަނިކޮށް އޭނާގެ ދޮން ދަރި ޒޯއީ ކައިވެންޏަށް ތައްޔާރުވާން ފެށިއެވެ.

އަދި ޒޯއީގެ އެދުމަކަށް ވީ ލައުރެން ކައިވެންޏަށް ތައްޔާރު ކުރި ހެދުން ޒޯއީއަށް ދިނުމަށެވެ. ސަބަބަކީ އެ ހެދުން ލައުރެން ބޭނުންކޮށްފައިވެސް ނެތީމައެވެ.

ޒޯއީ ބޭނުންވީ ހެދުމަށް ކުޑަ ބަދަލެއް ނެގެސް، ޒޯއީގެ ގަޔަށް ހެޔޮވަރުވާ ވަރަށް އެ ހެދުން ހަދާލާށެވެ. ނަމަވެސް މަރުވި ދަރިފުޅުގެ ހަނދާނުގައި އެ ހެދުން ބޭނުން ނުކޮށް ބާއްވަން ނިންމާފައި ވާކަމަށް ބުނުމުން ޒޯއީ ހިތްހަމަ ނުޖެހުނެވެ.

ޒޯއީއަށް އެ ހެދުން ދިނުމަށް އެދި ޒޯއީ ފައިސާވެސް ހުށަހެޅިއެވެ. ނަމަވެސް މިކަން އޭނާއަށް ކުރަން ފަސޭހަ ކަމަކަށް ނުވިއެވެ. ދަރިފުޅު ލައުރީންގެ މަރާ ގުޅިގެން، އޭނާއަށް ލިބިފައިވާ ހިތާމަ އަދިވެސް ނުފިލާތީއެވެ.

ލައުރީންގެ މަރާ ގުޅިގެން ލިބުނު ހިތާމައިގެ ސަބަބުން، ޒޯއީގެ ބައްޕައާ އޭނާ ކައިވެނި ކުރި އިރު ޕާޓީވެސް ނުބާއްވައެވެ. ކުޑަ ކެއުމަކުން ފުއްދާލީއެވެ.

ލައުރީންއާ ކައިވެނި ކުރަން ތައްޔާރުވެފައިވާ މީހާއަށް ވެސް އެކަމުން އަރައިގަންނަން ދުވަސްތަކެއް ނެގިއެވެ.

ޒޯއީ ދޫނުދީ މިކަން މައްސަލައަކަށް ހަދައި، އެންމެ ފަހުން ޒޯއީގެ ބައްޕައާ ހަމަޔަށް މި މައްސަލަ ދިޔައެވެ. މިކަމުގައި ޒޯއީ އަށް އެ ހެދުން ނުދޭންވީ އެއްވެސް ސަބަބެއް ނެތް ކަމަށް ޒޯއީގެ ބައްޕަ ބުނަމުން ގެންދިޔައެވެ.

މި މައްސަލައިގައި ދެން އިތުރަށް އެއްވެސް މީހަކާ މަޝްވަރާ ނުކުރުމަށް އޭނާ ނިންމިއެވެ. ނަމަވެސް އެހެން މީހުން މިކަމާ ގުޅޭގޮތުން އެކިއެކި ވާހަކަ ދައްކަން ފެށިއެވެ.

ލައުރީންއަށް އެ ހެދުން ލުމުގެ ފުރުސަތު ނުލިބުމުން، އެހެން މީހަކަށް އެ ފުރުސަތު ލިބެން ލައުރީން އެދުނީސް ކަމުގައި މީހުން ބުނަން ފެށިއެވެ.

ނަމަވެސް ޒޯއީ އަދި އޭނާގެ ބައްޕަގެ އެދުމަށް އިޖާބަ ދިނުމުގެ ހިތްވަރެއް އޭނާއަަކަށް ނުލިބުނެވެ. ބޭނުންވީ ލައުރެންގެ ހަނދާނުގައި އެ ހެދުން ބާއްވާށެވެ. އޭނާ އަށް އެގޮތަށް ކަންތައް ކުރުމުގެ ހައްގު ނެތް ކަމަށް މީހުން ބުނި ނަމަވެސް، އެކަމަށް މީރު ކަންފަތެއް ދެމުންނެވެ.

ޒޯއީ އެ ހެދުން ލައިގެން ފޮޓޯނަގައި، އެތައް ހަނދާންތަކެއް ރައްކާކުރެވޭނެ ކަމަށް ރައްޓެހިން ބުނަމުން ގެންދިޔައެވެ. ނަމަވެސް މައްސަލައަކަށް ވަނީ، ޒޯއީ އެ ހެދުމަށް ބަދަލު ގެންނަން ބޭނުންވުމވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް