މާލޭގެ ރައްޔިތުންނަކީ މާލޭގައި ދިރިއުޅޭ ފަރާތްތަކުގެ އަތުން ބޮޑު ކުލި ނަގައިގެން އުޅޭ ބައެއް ކަމަށް ބުނެވޭނެ ފުރުސަތެއް ނޯންނާނެ ކަމަށް އެމްޑީޕީގެ ފަރާތުން ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އަނަސް އަބްދުއްސައްތާރު ވިދާޅުވެއްޖެއެވެ.
"ދިވެހި ޗެނަލް" އިން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އަނަސް ވިދާޅުވީ ފާއިތުވެދިޔަ ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި ބޭއްވި ހުރިހާ އިންތިހާބެއްގައިވެސް، ދޮރުން ދޮރަށް ހިނގައިގެން ރައްޔިތުންގެ ހާލަތު ދެނެގަނެފައިވާ ކަމަށެވެ.
މާލޭގެ ގޯތިތަކަކީ، މިހާރު ނޫޅެވޭ ހާލަތަށް ކުދި ވެފަ ހުރި ގޯތިތަކެއް ކަމަށް އަނަސް ވިދާޅުވިއެވެ.
" އަޅުގަނޑުމެންނަށް މީގެކުރިން މިވާ ގޮތަކީ މާލެ ރައްޔިތެކޭ ބުނެވިއްޖެއްޔާ އެމީހާގެ މައްޗަށް އެބަ އަރައިގަނޭ، ބޮޑު ކުއްޔަށް ދީގެން މަންފާ ނަގަމުން އަންނަ ފަރާތްތަކަކީ ތިބޭފުޅުންނަކީ އެހެންވީމަ ތިވާހަކަ ނުދެއްކޭނޭ. އެހެން ނަމަވެސް މިހާރު ނެތް އެހެން ބުނެވޭކަށް،" އަނަސް އިތުރަށް ފާހަގަ ކޮށްލިއެވެ.
"މާލޭގެ ގޯތިތަކަކީ ފޮތިފޮތިކޮށް، ބައިބައިކޮށް، މިހާރު ނޫޅެވޭ ހާލަތަށް ކުދި ވެފަ ހުރި ގޯތިތަކެއް. އަޅުގަނޑުމެންނަށް މީގެކުރިން މިވާ ގޮތަކީ މާލެ ރައްޔިތެކޭ ބުނެވިއްޖެއްޔާ އެމީހާގެ މައްޗަށް އެބަ އަރައިގަނޭ، ބޮޑު ކުއްޔަށް ދީގެން މަންފާ ނަގަމުން އަންނަ ފަރާތްތަކަކީ ތިބޭފުޅުންނަކީ އެހެންވީމަ ތިވާހަކަ ނުދެއްކޭނޭ. އެހެން ނަމަވެސް މިހާރު ނެތް އެހެން ބުނެވޭކަށް،" އަނަސް ވިދާޅުވި އެވެ.
އަނަސް ވިދާޅުވީ ކުރީ ސަރުކާރުން ތަރައްގީކުރި "ހިޔާ" ފްލެޓުތައް ވެސް ބަހާފައިހުރީ ސިޔާސީ މަގުސަދަކަށްޓަކައި ހަދާފައި ހުރި އުސޫލެއްގެ ދަށުން ކަމަށެވެ. އަދި އެ ފްލެޓުތައް ވެސް ލިބިފައިހުރީ އަތޮޅު ތެރޭގެ ރައްޔިތުންނަށް ކަމަށެވެ
އެކަމަށް މަގުފަހުވީ ސިޔާސީ މަގުސަދަކަށްޓަކައި، އެމަގުން ކެޓަގަރީތަކާއި އުސޫލުތައް ހަދާފައި ހުރުމުންކަން ފާހަގަކުރައްވާ އަނަސް ވިދާޅުވީ އެގޮތަށް އޮތުމުން މާލޭގެ ވަރަށް ގިނަ ރައްޔިތުންނަށް ހައްގު ގެއްލިގެން ދިޔަ ކަމަށެވެ.
"އެހެންވީމަ އަޅުގަނޑެއް ގަބޫލެއް ނުކުރަން މިހާރު އެއްވެސް ބޭފުޅަކަށް މާލޭ ރައްޔިތަކަށް ވީތީއޭ ކިޔާފަ، ބޮޑު ކުލި ނަގައިގެން ތިބޭ ބައެކޭ، އެ އާމްދަނީގެ މައްޗަށް ތިބި ބައެކޭ އެހެން ދެންނެވޭނެ އެއްވެސް ފުރުސަތެއް އޮންނާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. " މީގެ އިތުރުން، އަނަސް ފާހަގަ ކުރެއްވި ގޮތުގައި މާލޭ ރައްޔިތުން ތިބި ހާލު ބަލައިލުމުން، އެއީ ކަނޑައެޅިގެން ދޮގު ވާހަކައެއްކަން ގަބޫލު ކުރެވޭކަމަށް އަނަސް ވިދާޅުވިއެވެ.
އަނަސް ވަނީ، ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގައި މާލެ ސިޓީގެ އެކި ހިސާބުތަކަށް ކުރިމަތިލައްވައިގެން އުޅުއްވާ ކެނޑިޑޭޓުންނާއެކު ދޮރުން ދޮރަށް ވަރަށް ގިނަ ކެމްޕޭން ކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް