ލެވަންޑޯސްކީއަށް އަނިޔާގެ މައްސަލަ ކުރިމަތިވެ، އިންގްލެންޑާ ދެކޮޅަށް ނުކުޅެވޭނެކަން ކަށަވަރު ވެއްޖެ

ޖަރުމަނާއި ޔޫރަޕުގެ ޗެމްޕިއަން ބަޔާންމިޔުނިކަށް ކުޅެމުން އަންނަ ޕޯލަންޑުގެ އިތުބާރު ފޯވާޑް ރޮބަޓް ލެވެންޑޯސްކީއަށް އަނިޔާވެއްޖެއެވެ. ލެވެންޑޯސްކީއަށް އަނިޔާވެފައިވަނީ އޭނާގެ ކަކުލަށެވެ. އެހެން ކަމުން ...

30 Mar 2021 | 05:39

ޖަރުމަނާއި ޔޫރަޕުގެ ޗެމްޕިއަން ބަޔާންމިޔުނިކަށް ކުޅެމުން އަންނަ ޕޯލަންޑުގެ އިތުބާރު ފޯވާޑް ރޮބަޓް ލެވެންޑޯސްކީއަށް އަނިޔާވެއްޖެއެވެ.

ލެވެންޑޯސްކީއަށް އަނިޔާވެފައިވަނީ އޭނާގެ ކަކުލަށެވެ. އެހެން ކަމުން މި އަނިޔާގެ ސަބަބުން ފީފާ ވޯލްޑް ކަޕުގެ ޔޫރަޕް ކޮލިފައިންގައި އިންގްލެންޑާ ދެކޮޅަށް ޕޮލެންޑް ކުޅޭ މެޗުގައި ލެވެންޑޯސްކީއަށް ނުކުޅެވޭނެ ކަން މިހާރުވަނީ ކަށަވަރުވެފައެވެ.

ލެވަންޑޯސްކީއަށް އަނިޔާވީ ކޮލިފައިންގައި އާދީއްތަ ދުވަހުގެރޭ އެންޑޯރާ އަތުން 3-0 ގެ ނަތީޖާއަކުން ޕޮލެންޑް މޮޅުވި މެޗުގައެވެ. އެ މެޗުގައި ލެވަންޑޯސްކީ ދެ ލަނޑު ޖެހި ނަމަވެސް، އޭގެ ފަހުން ކަކުލަށް އަނިޔާވެ އޭނާ ވަނީ ބަދަލުކޮށްފައެވެ.

މި އަނިޔާއާއި ގުޅިގެން އެއާއެކު ލެވަންޑޯސްކީގެ މެޑިކަލް ޓެސްޓުތައް މިހާރު ހަދާފައިވާއިރު، ނަތީޖާ ދައްކާގޮތުން މަދުވެގެން 10 ދުވަހަށް އޭނާ ކުޅުމާ ދުރަށްދާން ޖެހިފައިވާކަން ވަނީ ހާމަވެފައެވެ.

ލެވަންޑޯސްކީގެ ކަކުލަށް އަނިޔާވިއިރު، އަންނަ ހޮނިހިރު ދުވަހުގެރޭ ޖަރުމަން ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކުން، ތާވަލުގެ ދެވަނައިގައި އޮތް އާރްބީ ލައިޕްޒީގާ ދެކޮޅަށް ވެސް އޭނާއަށް ނުކުޅެވޭނެއެވެ.

ޔޫރަޕްގައި މިވަގުތު ހުރި އެންމެ މޮޅުއެއް ކުޅުންތެރިޔަކީ ލެވެންޑޯސްކީއަށް ވާއިރު އޭނާ ވަނީ މި ސީޒަނުގެ މިހާތަނަށް ޖަރުމަން ލީގުގައި 35 ލަނޑު ޖަހާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް