ރެޑްވޭވުން ގޭބިސީތަކުގައި ޢާންމުކޮށް ރޯދަމަހަށް ބޭނުންވާ ތަކެތީގެ އަގު ހެޔޮކޮށްފި

ކޮންމެ އަހަރަކުވެސް ރަމަޟާންމަހާ ދިމާކޮށް ކާބޯތަކެތީގެ އަގު ބޮޑުވެގެންދާއިރު، ރެޑްވޭވުން މިވަނީ ކާބޯތަކެތި އެންމެ ހެޔޮއަގުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާއިފައެވެ. އެގޮތުން މީގެ ހަ...

30 Mar 2021 | 04:50

ކޮންމެ އަހަރަކުވެސް ރަމަޟާންމަހާ ދިމާކޮށް ކާބޯތަކެތީގެ އަގު ބޮޑުވެގެންދާއިރު، ރެޑްވޭވުން މިވަނީ ކާބޯތަކެތި އެންމެ ހެޔޮއަގުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާއިފައެވެ.

އެގޮތުން މީގެ ހަފްތާއެއްހާ ދުވަސްކުރިން ފިޔާ، އަލުވި އަދި ބިހުގެ އަގު ހެޔޮކޮށްފައިވާއިރު،  އަނެއްކާވެސް އިތުރު ބައެއް ތަކެތީގެ އަގަށް ހެޔޮ ބަދަލުތަކެއް މިވަނީ ގެނެސްފައެވެ.

ގޭބިސީތަކުގައި އެންމެ ޢާންމުކޮށް ރޯދަމަހަށް ބޭނުންވާ ތަކެތީގެ ތެރެއިން އޮރެންޖު، ކެރެޓު، އިނގުރު، ލޮނުމެދު އަދި ލުނބޯގެ އަގު މިއަދު ރެޑްވޭވުން މިވަނީ ހެޔޮކޮށްފައެވެ. އެގޮތުން އޮރެންޖެއް 3 ރުފިޔާއަށް، ކެރެޓު ކިލޯއެއް 25 ރުފިޔާއަށް ހުރިއިރު އިނގުރު ކިލޯއެއް ހުރީ 45 ރުފިޔާއަށެވެ.

އަދި ލޮނުމެދު ކިލޯއެއް 35 ރުފިޔާއަށް ލިބޭއިރު ލުނބޯ ކިލޯއެއްގެ އަގު މިވަނީ 30 ރުފިޔާއަށް ހެޔޮކޮށްފައެވެ.  އަދި މިތަކެތި މިއަގުތަކުގައި ރޯދަމަހުގައިވެސް ހިފެހެއްޓުމަށްޓަކައި ރެޑްވޭވްގެ އަމާޒެއްކަމުގައި އެކުންފުނިން މައުލޫމާތު ދެއެވެ.

ރެޑްވޭވުގެ އަމާޒަކީ އެންމެ ހެޔޮއަގުގައި ކާބޯތަކެތި ރައްޔިތުންނަށް ފޯރުކޮށްދިނުންކަމަށް ރެޑްވޭވުން ބުނެއެވެ. އަދި ޚާއްސަކޮށް ރަމަޟާންމަހު ރައްޔިތުންނަށް ލުއިކޮށްދީ އަގުތައް ހެޔޮކޮށްދިނުމަށް ދުރާލާ މަސައްކަތް ފަށާފައިވާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް