ދިއާ މިރްޒާ ރާއްޖޭގައި ހަނދާނުން ނުފިލާވަރުގެ ޗުއްޓީއެއް ހޭދަ ކުރަނީ

ބޮލީވުޑްގެ ކުރީގެ މަޝްހޫރު ބަތަލާ ދިއާ މިރުޒާ ރާއްޖޭގައި ހަނދާނުން ނުފިލާ ވަރުގެ ޗުއްޓީއެއް ހޭދަކުމުން އެބަދެ އެވެ. އޭނާ ރާއްޖެ އައިސް އުޅެނީ ފިރިމީހާ ވައިބާވް ރޭކީ އާއި ދޮން ދަރިފުޅު ސަމައިރާ ރޭކީ އާ...

30 Mar 2021 | 03:32

ބޮލީވުޑްގެ ކުރީގެ މަޝްހޫރު ބަތަލާ ދިއާ މިރުޒާ ރާއްޖޭގައި ހަނދާނުން ނުފިލާ ވަރުގެ ޗުއްޓީއެއް ހޭދަކުމުން އެބަދެ އެވެ.

އޭނާ ރާއްޖެ އައިސް އުޅެނީ ފިރިމީހާ ވައިބާވް ރޭކީ އާއި ދޮން ދަރިފުޅު ސަމައިރާ ރޭކީ އާއި އެކު އެވެ. އެ އާއިލާއިން ޗުއްޓީ ހޭދަ ކުރަމުން ދަނީ ހއ. ގައި ހިންގާ ޖޭއޭ މަނަފަރު ރިސޯޓުގައި އެވެ.

ޗުއްޓީގެ ތަފާތު މަންޒަރުތައް ފެންނަ ފޮޓޯތަކާއި ވީޑިއޯތައް ދިއާ ދަނީ އޭނާގެ ރަސްމީ އިންސްޓްގަރާމް އެކައުންޓު މެދުވެރިކޮށް ސަޕޯޓަރުންނާއި ހިއްސާ ކުރަމުންނެވެ. އަދި ހުރިހާ ޕޯސްޓުތަކެއްގައި ބުނެފައިވަނީ މި ދަތުރަކީ ދުވަހަކުވެސް ހަނދާނުން ނުފިލާވަރުގެ ޗުއްޓީއެއް ކަމަށާއި ވަރަށް ގިނަ ތަފާތު ތަޖުރިބާތަކެއް ކުރަމުންދާ ކަމަށެވެ.

https://www.instagram.com/p/CM7mt4ujP97/

https://www.instagram.com/p/CM99SUzjAaL/

ދިއާ ހިއްސާ ކޮށްފައިވާ ފޮޓޯތަކުގެ ތެރޭގައި ރިސޯޓުގެ ގޮނޑުދޮށުގެ ރީތި މަންޒަރުތައް ފެންނަ ގޮތަށް އާއިލާ އެކުގައާ ދޮން ދަރިފުޅާއި އެކު ފޮޓޯ ނަގާފައިވެ އެވެ. އަދި ޕިކްނިކް ހަދާލަން ގޮނޑުދޮށުގައި ތިބި މަންޒަރުތަކެއްގެ އިތުރުން ސްވިމިން ޕޫލާއި މޫދުގައި މަޖާ ކުރާ ފޮޓޯތަކެއް ޕޯސްޓު ކޮށްފައިވެ އެވެ.

ދިއާ ވަނީ ކޯމަސް ބަލަން ގޮސްފައިވާ ކަމަށް ބުނެ ވީޑިއޯއެއް ހިއްސާ ކޮށްފައިވެ އެވެ.

ދިއާ ބުނެފައިވަނީ މި ދަތުރުގައި މިހާތަނަށް ކުރެވުނު އެންމެ ފާހަގަ ކުރެވޭ ކަންކަމަކީ ކޯމަސް ބަލަން ދިއުމާއި ރިސޯޓުގެ ގޮނޑުދޮށުގައި "އާތްއަވާ" ފާހަގަ ކުރުން ކަމަށެވެ.

ދިއާ އާއި ވައިބާވް ކައިވެނި ކުރީ މިދިޔަ މަހު އެވެ. ސަމައިރާ އަކީ ވައިބާވްގެ ފުރަތަމަ ކައިވެންޏަށް ލިބިފައިވާ ކުއްޖެކެވެ. ދިއާ ވެސް މީގެ ކުރިން ކައިވެންޏެއް ކުރި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް