ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙް، ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އައްޑޫސިޓީއަށާއި، ފުވައްމުލައް ސިޓީގައި ފެންބޮޑުވުމުގެ ހާދިސާތައް ހިނގައި އެކަމުގެ ސަބަބުން ގެއްލުންތަކެއް ލިބެމުންދިޔުމާއި ގުޅިގެން، އެ ދެ ސިޓީގައި ދިރިއުޅެމުންދާ ރައްޔިތުންގެ ޙާލު ބައްލަވައިލައްވައިފިއެވެ.
ރައީސް ސޯލިހު ވަނީ އައްޑޫސިޓީގެ މޭޔަރު ޢަބްދުﷲ ސޯދިޤާއި، ފުވައްމުލަކު ސިޓީގެ މޭޔަރު ޢަބްދުﷲ ފަލާޙް ޝަރީފްގެ އިތުރުން އެ ސިޓީތަކުގެ ދާއިރާތައް ތަމްސީލު ކުރައްވާ ބައެއް މަޖްލިސް މެންބަރުންނާވެސް ވަކި ވަކިން ރޭ ފޯނުން ގުޅުއްވައި، އެންމެ ފަހުގެ ޙާލަތާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
މީގެ އިތުރުން އެމަނިކުފާނު ވަނީ އެ ފަރާތްތަކަށް ކުރިމަތިވެފައިވާ ދަތިތަކަކީ ކޮބައިތޯ އޮޅުންފިލުއްވާފައިވެ އެވެ. އަދި ވިއްސާރައިގަ އެ ދެ ސިޓީގެ ރައްޔިތުންނަށް ދިމާވެފައިވާ ގެއްލުންތައް ޙައްލުކޮށްދިނުމަށް މިހާރުވެސް ސަރުކާރުން މަސައްކަތް ކުރައްވަމުންގެންދަވާކަމުގައި ވިދާޅުވެފައެވެ.
ފުވައްމުލަކު ސިޓީއަށް ބޯކޮށް ވާރޭވެހި އެރަށުގެ ގިނަ ގެތަކެއްގައި ފެންބޮޑު ވެފައިވެއެވެ.
ބައެއް ގެތަކަށް ފެން ވަދެ ހިފާ ގެންގުޅޭ ސާމާނާއި ފަރުނީޗަރު ފަދަ ތަކެއްޗަށް ގެންލުން ލިބިފައިވާ ކަމަށް ފުވައްމުލަކު ސިޓީގެ މޭޔަރު އަބްދުﷲ ފަލާޙް ޝަރީފް ވިދާޅުވެފައި ވެއެވެ.
މިހާރު ރާއްޖެއަށް ކުރަމުން ދާ ވިއްސާރައިގާ އެންމެ ދެކުނުގެ ދެ ސިޓީ ކަމުގައިވާ އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއަށް މިއަދު ވަނީ އޮރެންޖް ސަމާލު ނެރެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް