ދިވެހިރާއްޖެއާއި ކިންގްޑަމް އޮފް ލެސޯތޯ އާ ދެމެދު ރަސްމީކޮށް ސިޔާސީ ގުޅުން ގާއިމްކޮށްފިއެވެ.
ސިޔާސީ ގުޅުން ގާއިމް ކުރުމުގެ އެއްބަސްވުމުގައި ދެ ގައުމުން ސޮއި ކުރުމުގެ ރަސްމިއްޔާތުގ ބޭއްވީ އެމެރިކާގެ ނިއުޔޯކްގައި ހުންނަ ދިވެހިރާއްޖެއިން އދ އަށް ކަނޑައަޅާފައި ހުންނަ ދާއިމީ މިޝަންގައި އެވެ.
ސިޔާސީ ގުޅުން ގާއިމް ކުރުމުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ރާއްޖެއިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސެން އެވެ. އަދި ލެސޯތޯގެ ފަރާތުން ސޮއިކުރެއްވީ އެޤައުމުން އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު އެންކޮޕާނޭ ރަސީންގް މޮންޔާނޭއެވެ.
ގައުމުތަކާއި އެކު ސިޔާސީ ގުޅުން ގާއިމް ކުރުމަކީ ރާއްޖެއާއި ދެމެދު އޮންނަ ގުޅުމަށް އިހްތިރާމްކުރާ އަދި އެ ގުޅުމުގެ އަގު ވަޒަންކުރާ ގައުމުތަކާއެކު އޮންނަ ގުޅުން ބަދަހިކުރުމަށް ރައީސް އިބްރާހިމް މުޙައްމަދު ސޯލިހްގެ ޚާރިޖީ ސިޔާސަތުގައި އިސްކަންދޭ އެއް ކަންތަކެވެ.
ފޮރިން މިނިސްޓްރީން ބުނީ ދިވެހިރާއްޖެއާއި ލެސޯތޯއަކީ ކުޑަ ދެ ގައުމަށް ވެފައި، ސިޔާސީ ގުޅުން ގާއިމްކުރުމާއެކު ދެ ގައުމު ގުޅިގެން ބައިނަލްއަގްވާމީ މަސްރަހުގައި ގިނަ މަސައްކަތްތަކެއް ކުރުމަށް މަގު ފަހިވެގެންދާނެއެވެ.
2.12 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ލެސޯތޯއަކީ އެގައުމުގެ ވަށައިގެން ދެކުނު އެފްރިކާ އޮންނަ ލޭންޑް ލޮކްޑް ގައުމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް