ފުލުހުންގެ އަހަރީ ދުވަހު މިނިސްޓަރު ޝާހިދުގެ ހާއްސަ މެސެޖެއް

ފުލުހުންގެ 88 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހާއްސަ މެސެޖެއް ދެއްވައިފިއެވެ. އަބްދުﷲ ޝާހިދު ދެއްވި މި ވީޑިއޯ މެސެޖުގައި ވިދާޅުވެފައިވަނީ މި އަހަރުގެ ފުލުހުންގެ ދު...

29 Mar 2021 | 19:00

ފުލުހުންގެ 88 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހާއްސަ މެސެޖެއް ދެއްވައިފިއެވެ.

އަބްދުﷲ ޝާހިދު ދެއްވި މި ވީޑިއޯ މެސެޖުގައި ވިދާޅުވެފައިވަނީ މި އަހަރުގެ ފުލުހުންގެ ދުވަސް މި ބައްދަލުކުރީ، ފުލުހުންގެ ގާނޫނަށް މުހިންމު ބަދަލުތަކެއް ގެނެވިފައިވާ ދަނޑިވަޅެއްގައި ކަމަށާއި އުންމީދަކީ މި ހެޔޮ އިސްލާހީ ބަދަލުތަކާއެކީ ހިދުމަތް އިތުރަށް ފުޅާވެ ކުރިއަށްދިއުން ކަމަށެވެ.

މިނިސްޓަރުގެ ވީޑިއޯ މެސެޖުގައި އިތުރަށް ވިދާޅުވެފައިވަނީ  ރައްޔިތުންނަށް އަމާން ވެއްޓެއް ގާއިމްކޮށްދެއްވުމަށް ފުލުހުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް ހިފެހެއްޓުމެއް ނެތް ޝުކުރާއި ތައުރީފް ރައްދުކުރައްވާކަމަށެވެ.

https://twitter.com/abdulla_shahid/status/1376521516808990723?s=08

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް