ކޯވިޑް-19 އާއި ގުޅިގެން އިންޓަނެޓްގެ އަގަށް ގެނައި ހެޔޮ ބަދަލުތަކާއި އެއްގޮތަށް އޭޕްރިލް މަހުން ފެށިގެން އަމަލު ކުރަން ފަށާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ ޓެލެކޮމިއުނިކޭޝަން ކުންފުނިތަކާއި ސަރުކާރާއި ދެމެދު އިންޓަނެޓް އަގު ހެޔޮކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. އަދި އެ ކުންފުނިތަކުން ނިންމާފައިވަނީ އިންޓަނެޓްގެ އަގަށް އަންނަ ހެޔޮ ބަދަލުތަކަށް އޭޕްރިލް އެއް ވަނަ ދުވަހުން ފެށިގެން އަމަލު ކުރަން ފަށާށެވެ.
މަބްރޫޫކް ވިދާޅުވީ އިންޓަނެޓްގެ އަގުތަކަށް ގެންނަ ބަދަލާއި ގުޅޭގޮތުން މާދަމާ ޓެލެކޮމިއުނިކޭޝަން ކުންފުނިތަކުން ނޫސްވެރިންނަށް މައުލޫމާތު ދޭނެ ކަމަށެވެ. އިތުރު ތަފްސީލް ހަމައެއް ނުކުރައްވައެވެ.
ކޯވިޑް-19 އާއި ގުޅިގެން ޓެލެކޮމިއުނިކޭޝަންގެ ހިދުމަތްދޭ ކުންފުނިތަކުން ދަނީ އިންޓަނެޓާއި ގުޅޭ ތަފާތު ޕެކޭޖުތައް އަގުހެޔޮ ކުރަމުންނެވެ. އަދި އޮންލައިންކޮށް ކިޔަވައި ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީއާއި މަޝްވަރާ ކުރުމަށް ފަހު ދަރިވަރުންނާއި ޓީޗަރުންނަށްވަނީ ހިލޭ އިންޓަނެޓް ޕެކޭޖުތަކެއް ދޭގޮތަށް ހަމަޖައްސާފަައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް