ރިސޯޓުތަކުން 11،000 މުވައްޒަފުން ނޯޕޭއަށް ފޮނުވާލައިފި: ޓީމް

ކޯވިޑް-19 އާއި ގުޅިގެން ޓޫރިޒަމް އިންޑަސްޓްރީއަށް ދިމާވެފައިވާ ހީނަރުކަމާއި ގުޅިގެން ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތް ކުރާ11،000 މުވައްޒަފުންނަށް މުސާރަ ނުލިބޭ ގޮތަށް ފޮނުވާލަން ނިންމާފައިވާ ކަމަށް ...

30 Mar 2020 | 09:22

ކޯވިޑް-19 އާއި ގުޅިގެން ޓޫރިޒަމް އިންޑަސްޓްރީއަށް ދިމާވެފައިވާ ހީނަރުކަމާއި ގުޅިގެން ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތް ކުރާ11،000 މުވައްޒަފުންނަށް މުސާރަ ނުލިބޭ ގޮތަށް ފޮނުވާލަން ނިންމާފައިވާ ކަމަށް ރިސޯޓު މުވައްޒަފުންގެ ހައްގުގައި މަސައްކަތް ކުރާ ޓޫރިޒަމް އެމްޕްލޯއީ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ބުނެފި އެވެ.

އެ ޖަމިއްޔާއިން އާންމުކޮށްފައިވާ ލިސްޓެއްގައި ބުނެފައިވަނީ ރާއްޖޭގައި ހިންގާ58 ރިސޯޓަކުން11،000 އާސްވުރެ ގިނަ މުއްވަފުން ނޯޕޭގައި ފޮނުވާލަން ނިންމާފައިވާ ކަމަށެވެ. އަދި މުސާރަ ދަށް ކުރުމާއި ވަޒީފާއިން ވަކި ކުރުމުގެ މައްސަލަތައްވެސް ބޮޑު ކަމަށް ބުނެފައިވެ އެވެ.

އެ ޖަމްއިއްޔާއިްނ ބުނީ މިއީ ވަރަށް ދެރަ ކަމެއް ކަމަށާއި މި މައްސަލަ ކަމާބެހޭ ފަރާތްތަކާ ވެސް ހިއްސާކޮށްފައިވާނެ ކަމަށް ޓީމްއިން ބުނެ އެވެ. ޓީމްއިން ބުނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވުމަކީ، ވަޒީފާދޭ ފަރާތްތަކުން މަސައްކަތްތެރިންގެ ހައްގުތައް ހަނިކުރަން އޮތް ހުއްޖަތެއް ނޫން ކަމަށެވެ.

ޓީމްއިން އާންމުކޮށްފަިއވާ ލިސްޓުގައި ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގައި ގިނަ ރިސޯޓުތަކެއް ހިންގާ ދިވެހި ބޮޑެތި ކުންފުނިތަކާއި ދުނިޔޭގެ ފެންވަރުގައި ފާހަގަ ކޮށްލެވޭ ކުންފުނިތައް ހިމެނެ އެވެ.

މިކަމާ ގުޅިގެން މިއަދު ލޭބާ ރިލޭޝަންސް އޮތޯރިޓީން ބުނެފައިވަނީ މުވައްޒަފުންނާއި މެދު އަމަލު ކުރަމުންދަނީ ވަޒީފާ އާއި ބެހޭ ގާނޫނާއި ހިލާފަށް ކަމަށެވެ. އަދި މާޗް އެއް ވަނަ ދުވަހުން ފެށިގެން ކޯވިޑް-19 އާއި ގުޅިގެން ވަޒީފާއަށް ބަދަލު ގެނައި އަދި ބަދަލު ގެންނަން ނިންމާފައިވާ މުވައްޒަފުންގެ މައުލޫމާތާއި އޭގެ ތަފްސީލް އެ އޮތޯރިޓީއަށް އަންގަން ވަނީ އެދިފަ އެވެ.

އެ އޮތޯރިޓީ އާއި ހިއްސާ ނުކޮށް އެއްވެސް މުވައްޒަފެއްގެ މުސާރަ އާއި ވަޒީފާއަށް ބަދަލު ނުގެނެވޭނެ ކަމަށް ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް