މެންބަރުން މިވަގުތު ތިއްބަވަން ވާނީ ރައްޔިތުންގެ އެކުވެރިންގެ ގޮތުގައި: ނަޝީދު

ކޯވިޑް-19 އާއި ގުޅިގެން ރައްޔިތުން ތިބީ ހާސްކަމާއި ހިތާމައިގައި ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ފުރަތަމަ ފަހަރަށް މަޖިލީހުގެ ޖަލްސާއެއް އޮންލައިންކޮށް ކުރިޔަށް ގެންދިޔަ މ...

30 Mar 2020 | 09:11

ކޯވިޑް-19 އާއި ގުޅިގެން ރައްޔިތުން ތިބީ ހާސްކަމާއި ހިތާމައިގައި ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ފުރަތަމަ ފަހަރަށް މަޖިލީހުގެ ޖަލްސާއެއް އޮންލައިންކޮށް ކުރިޔަށް ގެންދިޔަ މިއަދުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ މިފަދަ ހާލަތުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތިއްބަވަން ވާނީ ރައްޔިތުންގެ އެކުވެރިންގެ ގޮތުގައި ކަމަށެވެ. ނަޝީދު ވިދާޅުވީ ރައްޔިތުންނަށް ބޮޑު ކަމެއް ކުރިމަތިވާ ކޮންމެ ފަހަރަކު އެ މީހުން އެންމެ ފުރަތަމަ ގުޅަން ބޭނުންވާނީ މެންބަރުންނަށް ކަމަށެވެ.

އެ ފުރުސަތު އަބަދުވެސް އޮންނަން ވާނީ ފަހިކޮށް ކަމަށާއި ރައްޔިތުންގެ ޝަކުވާ އަޑު އަހަން ތައްޔާރަށް މިވަގުތު މެންބަރުން ތިބުމަކީ މުހިންމު ކަމެއް ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުން އެދޭ ހުރިހާ ކަމެއް މެންބަރަށާއި ސަރުކާރަށް ނުކޮށްދެވުނަސް މެމްބަރުން ތިއްބަވަން ވާނީ ގުޅިފަ އެވެ.

ކޯވިޑް-19 ގެ ސަބަބުން ކުރިމަތިވެފައިވާ އިގުތިސާދީ ދަތިކަމުން އަރައިގަތުމަށް ކުރަމުުން އަންނަ ކަންކަން ކާމިޔާބުވާނެ ކަަމަށް ވިދާޅުވެ، ސަަރުކާރުގެ މަސައްކަތަށް ނަޝީދު ތައުރީފު ކުރެއްވި އެވެ. ނަޝީދު ވިދާޅުވީ ވައިރަސް ފެތުރުނަ ނުދިނުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަޅުއްވަމުން ގެންދަވާ ކަމަށާއި ސިއްހީ މާހިރުންގެ ލަފާ އައްސަަވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ކޯވިޑް-19 އާއި ގުޅިގެން މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ކުރިޔަށް ގެންދަނީ މައިކްރޯސޮފްޓް ޓީމްސް މެދުވެރިކޮށެވެ. މިއަދުގެ ޖަލްސާގައި ނަޝީދު އިންނެވީ މަޖިލީހުގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް