ކޯވިޑް-19: އުފަންވުން ރަޖިސްޓްރީކޮށްދޭ ގަޑިތަކަށް ބަދަލުތަކެއް ގެނެސްފި

ކޯވިޑް-19 އާ ގުޅިގެން ސަރުކާރު ބަންދުކޮށްފައިވާ މުއްދަތުގައި، މާލޭ ސިޓީ ކައުންސިލުގެ ވައިޓަލް ރެޖިސްޓްރޭޝަން ސެކްޝަނުން ހިދުމަތްދޭ ގަޑިތަކަށް ބަދަލުގެނެސްފި އެވެ. ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމ...

30 Mar 2020 | 09:03

ކޯވިޑް-19 އާ ގުޅިގެން ސަރުކާރު ބަންދުކޮށްފައިވާ މުއްދަތުގައި، މާލޭ ސިޓީ ކައުންސިލުގެ ވައިޓަލް ރެޖިސްޓްރޭޝަން ސެކްޝަނުން ހިދުމަތްދޭ ގަޑިތަކަށް ބަދަލުގެނެސްފި އެވެ.

ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ގޮތުން މި މަހުގެ 29 ވަނަ ދުވަހުން ފެށިގެން އޭޕްރީލް ހަތަރު ވަނަ ދުވަހަށް ސަރުކާރު އޮފީސްތައް ވަނީ ބަންދުކޮށްފައެވެ.

އެގޮތުން ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ސަރުކާރު ބަންދުކޮށްފައިވާ މުއްދަތުގައި ވައިޓަލް ރެޖިސްޓްރޭޝަން ސެކްޝަނުން އުފަންވުން ރެޖިސްޓްރީކުރުމާއި އަދި ރަށްވެހިވުމާއި ބެހޭ ހިދުމަތް ދިނުމަށް ހަމަޖެފައިވަނީ މެންދުރުފަހު 2:00 އިން ހަވީރު 4:00 އަށް ކަމަށެވެ.

އުފަންދުވަހުގެ ސެޓްފިކެޓް ގެއްލިގެން އަލުން ހެއްދުމަށް އެދި ހުށަހަޅާ ފޯމުތަކާއި އުފަންދުވަހުގެ ސެޓްފިކެޓް އާކުރުމަށް އެދި ހުށަހަޅާ ފޯމުތައް އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް