ތަރުކާރީއާ މޭވާގެ ޝިޕްމެންޓުތަކެއް ގެނެސްފި

ބާޒާރުގައި މިހާރު ހުސްވަމުންދާ ތަރުކާރީއާއި މޭވާގެ ޝިޕްމެންޓެއް ރާއްޖެ ގެނެސްފައިވާކަމަށް މޯލްޑިވްސް ޕޯޓް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ. އެމްޕީއެލުން ބުނިގޮތުގައި އަލަށް ގެނެސްފައިވާ ޝިޕްމަން...

30 Mar 2020 | 08:22

ބާޒާރުގައި މިހާރު ހުސްވަމުންދާ ތަރުކާރީއާއި މޭވާގެ ޝިޕްމެންޓެއް ރާއްޖެ ގެނެސްފައިވާކަމަށް މޯލްޑިވްސް ޕޯޓް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ.

އެމްޕީއެލުން ބުނިގޮތުގައި އަލަށް ގެނެސްފައިވާ ޝިޕްމަންޓުގައި މިވަގުތު ރާއްޖޭގެ ބާޒާރުގައި އެންމެ ހަލުވިކަމާއެކު މަދުވަމުންދާ ތަކެތީގެ ތެރެއިން، ފިޔާ، އަލުވި، ބިސް، ކެބެޖު، ޓޮމާޓޯ، ދޮންކެޔޮ އަދި އަލަނާސި ހިމެނޭކަމަށެވެ.

މި ޝިޕްމެންޓްގައި ގެނެސްފައި ވަނީ 5،250 ކޭސް ބިހާއި 6،000 ބަސްތާ ފިޔާގެ އިތުރުން 1،580 ބަސްތާ އަލުވި އާއި 840 ބަސްތާ ކެބެޖާއި 1،246 ގަޑު ދޮންކޭލާއި 444 ކޭސް އަލަނާސިއާއި، 684 ކޭސް ޓޮމާޓޯކަމަށް އެމްޕީއެލުން ބުނެއެވެ.

އެމްޕީއެލުން ބުނީ މި ޝޕްމަންޓް ރާއްޖެ އައިސްފައި ވަނީ މިދިޔަ ހުކުރު އަދި ހޮނިހިރު ދުވަހު ކަމަށާއި މި ތަކެތި ވަރަށް އަވަހަށް ދޫކުރަން ފަށާނެ ކަމަށެވެ

އެމްޕީއެލް އިން ބުނީ ރާއްޖެ އެތެރެ ކުރާ މިފަދަ ޝިޕްމެންޓުތައް ވީހާވެސް އަވަހަކަށް ކްލިއާ ކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް