މުވައްޒިފުން އެއް ރިސޯޓުން އަނެއް ރިސޯޓަށް ގެންދިއުމުގެ ހުއްދަ އެއްވެސް ބަޔަކަށް ދީފައިނުވާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.
ނޫސްވެރިންނާ ބައްދަލު ކުރައްވާ ކޯވިޑް-19 ގެ ޓާސްކްފޯހުގެ ތަރުޖަމާން މަބުރޫކް އަބްދުލް އަޒީޒް ވިދާޅުވީ އެއް ރިސޯޓް ގައި ތިބި މުވައްޒަފުން އެހެން ރިސޯޓް އަކަށް ބަދަލުކުރުމުގެ ހުއްދައެއް އެއްވެސް ރިސޯޓް އަކަށް ދީފައި ނުވާނެ ކަމަށެވެ.ހުއްދަ ދީފައިވާނީ ރިސޯޓްގައި ތިބި ފަތުރުވެރިން އެހެން ރިސޯޓަކަށް ބަދަލު ކުރުމަށް ކަމަށާއި، އެ ހުއްދަވެސް ދީފައިވަނީ އެންމެ ރިސޯޓަކަށް ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ކޯވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އެއް ރިސޯޓުން އަނެއް ރިސޯޓަށް އަދި ރިސޯޓްތަކުން ރަށްތަކަށް، ރަށްތަކުން ރިސޯޓްތަކަށްވެސް ދަތުރުކުރުން ވަނީ މަނާކޮށްފައެވެ
އަދި ރިސޯޓްތަކުން މުވައްޒިފުންނަށް ފޭބޭނީ އެ ރިސޯޓެއްގައި ތިބީ ފަތުރުވެރިންގެ ތެރެއިން އެންމެ ފަހު ފަތުރުވެރިޔާ ފުރާތާ 14 ދުވަސް ފަހުން ކަމަށް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. އަދި މި އެންގުމާ ހިލާފުވާ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް ސަރުކަރުން ބުނެއެވެ
މި އެންގުމާ ހިލާފުވި ބައެއް މުވައްޒަފުން މިހާރު ވެސް ވަނީ ހައްޔަރުކުރެވިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް