ސްޕައިޑާ މޭންގެ ކެރެކްޓާ ކުޅެގެން މަޝްހޫރުކަން ހޯދި ޓޮމް ހޮލަންޑަށް މާރުކޭޓުން ބިސް ގަންނަން ނުލިބުމުން ބިސް އެޅުވުމުގެ ނިޔަތުގައި ތިން ކުކުޅު ހޯދައިފިއެވެ.
އިންސްޓަގްރާމްގައި ޕޯސްޓުކޮށްފައިވާ ވީޑިޔޯއެއްގައި އިނގިރޭސިވިލާތުގެ ތަރި ޓޮމް ބުނެފައިވަނީ މިހާރު ހިނގަމުން މިދާ ކަންކަމުގެ (ކޮވިޑް-19 ގެ) ސަބަބުން ސުޕްމާކެޓުތަކުން ބައެއް އެއްޗެހި ހުސްވެފައިވާކަމަށާއި މިހާރު ބިސް ނުލިބޭ ކަމަށެވެ. އެކަމަށް އޮތް ހައްލަކީ ބިސް ލިބޭ ވަސީލަތް ހޯދުން ކަމަށާއި މިހާރު އޭނައަކީ ކުކުޅު ގެންގުޅޭ މީހެއް ކަމަށް ޓޮމް ވަނީ ބުނެފައެވެ.
ޓޮމް ގަތް ތިން ކުކުޅަށް ވަނީ ޕްރެޑެޓާ، ރޭންޖާ އަދި ޗެސްޓްނަޓްގެ ނަމުން ނަންދީފައެވެ. އަދި މި ކުކުޅުތައް ޓޮމްގެ ގޭގެ ބަގީޗާގައި ދަނީ ގެންގުޅެމުންނެވެ. ޓޮމް ބުނެފައިވަނީ މި ކުކުޅުތައް ރަނގަޅަށް ބެލޭނެކަމަށް އުންމީދުކުރާ ކަމަށެވެ.
ޓޮމް މިހާރު މަސައްކަތް ކުރަމުން ދާ ފިލްމު ކަމަށްވާ އަންޗާޓާޑްގެ ޝޫޓިން ވަނީ ކޮވިޑް-19 ގެ ސަބަބުން ފަސްކޮށްފައެވެ. އުމުރުން 23 އަހަރުގެ ޓޮމްވެސް ޔޫކޭ ލޮކްޑައުންކޮށްފައި އޮތުމުގެ ސަބަބުން ދަނީ ގޭގައި މަޑުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް