ވިލާ ގްރޫޕުގެ ކުންފުންޏެއްކަމަށްވާ "ވިލާ ހަކަތަ" އިން ހެޔޮ އަގުގައި ކުކުޅު ބިސް ވިއްކަން ފަށައިފި އެވެ.
ވިލާ ޓްރޭޑް ސެންޓަރު-2 ން ކޮންމެ މީހަކަށް ކޭހެއްގެ މަގުން ބިސް ވިއްކަމުންދާއިރު، 360 ބިސް ހިމެނޭ ކޭހެއް ވިއްކަނީ 650 އަށް ށެވެ. އަދި ބިހެއް ވަކިން ވިއްކަނީ 1.80 ލާރިއަށެވެ. އެއީ ހައިކޮލެޓީ ބްރައުން ބިހެވެ.
ކޯވިޑް-19 އާއި ގުޅިގެން މިހާރު ވަނީ ބިސް ލިބުން ދަތިވެފައެވެ. މި ސަބަބާ ހުރެ ބައެއް ފިހާރަ ތަކުން ބޮޑު އަގުގައި ބިސް ވިއްކަމުން ދެއެވެ.
އެސްޓީއޯއިންވެސް މިހާރު ވިއްކަމުން ދަނީ ކޮންމެ އައިޑީކާޑަކަށް ބިސް ޓްރޭއެކެވެ. އެ ކުންފުނިން ބުނީ ގަނޑުކޮށް ވިއްކުމުގެ ބަދަލުގައި ހުރިހާ ރައްޔިތުންނަށްވެސް ހަމަހަމަކޮށް އެއްޗެހި ފޯރުކޮށްދިނުމުގެ ގޮތުން މީގެ ފަހުން ކޮންމެ އައިޑީކާޑަކަށް ވިއްކާނީ ބިސް ޓްރޭއަކާއި ފިޔާ ކިލޯއެއް އަދި އަލުވި ކިލޯއެއް ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ބާޒާރުގައި ތަކެތީގެ އަގު ބޮޑުވެގެން ގޮސްގެން ވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެކަމަށް ސަރުކާރުން ހައްލު ހޯދައިދޭނެ ކަމަށެވެ. އެގޮތުން ކާގޯ ފްލައިޓަކެއް ބާއްވައިގެން ރާއްޖެއިން ބޭރުން ތަކެތި ގެނެސް ތަރުކާރީގެ ބާވަތްތައް މެދުނުކެންޑީ ލިބޭނެ ގޮތް ހަމަޖައްސައި ދެއްވާނެ ކަމަށް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް