ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރުމުގެ ކުރިން ހަދާ ބުކިންތައް ކެންސަލްކުރުމާއި ތާރީހް ބަދަލުކުރުމުގައި ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމަށް މަޓާޓޯއިން ގޮވާލައިފިއެވެ.
މަޓާޓޯއިން ނެރުނު ބަޔަނެއްގައި ބުނީ ގެސްޓްހައުސްތަކާއި ރިސޯޓްތަކާއި ލިވަބޯޑްތަކާއި ހޮޓާތަކަށް ބުކިންތައް ކެންސަލްކުރުމާއި ތާރީހް ބަދަލުކޮށްދިނުމުގައި ފަސޭހަ ގޮތްތަކެއް ހަމަޖައްސައި ދޭން ގޮވާލާ ހަމަށެވެ. އަދި ގިނަ ތަންތަން މިހާރު އޮތީ ބަނގުރޫޓްވުމުގެ މަގުމަތީގައި ކަމަށްވާތީ އެވިޔަފާރިތަކަށްވެސް ރަނގަޅުވާނީ އެ ގޮތް ކަމަށެވެ.
ކޮރޯނާ ވައިރަސްގެ ހާލަތު ބަދަލުވެ ބޯޑަރުތައް ހުޅުވާލައިރު ފަތުރުވެރިން އަލުން ރާއްޖެއަށް މިސްރާބު ޖަހާނީ އޭރުން ކަމަށް މަޓީޓޯއިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
މަޓާޓޯއިން އިތުރަށް ބުނީ ބައެއް ރިސޯޓްތަކުން "އަންއެތިކަލް" ކޮށް ބުކިންގްސްތައް ކެންސަލްކޮށް ތާރީހުތައް ބަދަލުކުރާ މައްސަލައިގައި ޓޫރިޒަމް މިނިސްޓްރީއާ މިހާރު ވާހަކަ ދައްކަމުންދާ ކަމަށެވެ.
އޭގެ ތަފްސީލް މަޓާޓޯއިން ހާމަކޮށްފައި އެއް ނުވެ އެވެ.
ކޯވިޑް-19 އާ ގުޅިގެން ރާއްޖެއަންނަ ގިނަ އެއާލައިންތަކުން ރާއްޖެއަށް ވަނީ ދަތުރުތައް މެދުކަނޑާލާފައެވެ. އަދި ރާއްޖެއިން ފަތުރުވެރިންނަށް އޮން އެރައިވަލް ވިސާ ދިނުންވެސް ވަގުތީ ގޮތުން ވަނީ މެދުކަނޑާލައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް