ދަރަވަންދޫގައި ދެބެއިން މާރާމާރީ ހިންގާ އެކެއްގެ އަތަށް ކަތުރެއް ހަރާލައިފި

ބ. ދަރަވަންދޫގައި ދެ ބެއިން މާރާމާރީ ހިންގާ އެތަނުން އެކެއްގެ އަތަށް ކަތުރެއް ހަރާލައިފިއެވެ. ފުލުހުން ވިދާޅުވީ މި މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ އިއްޔެކަމަށެވެ. މާރާމާރީ ހިންގައިފައިވަނީ 2...

30 Mar 2020 | 05:19

ބ. ދަރަވަންދޫގައި ދެ ބެއިން މާރާމާރީ ހިންގާ އެތަނުން އެކެއްގެ އަތަށް ކަތުރެއް ހަރާލައިފިއެވެ.

ފުލުހުން ވިދާޅުވީ މި މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ އިއްޔެކަމަށެވެ.

މާރާމާރީ ހިންގައިފައިވަނީ 29 އަހަރުގެ ދިވެހި ފިރިހެނަކާ އޭނާގެ 26 އަހަރުގެ ކޮއްކޮ އާދެމީހުން ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މާރާމާރީ ހިންގައިފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގައި ދެ ބެއިން ދިރިއުޅޭ ގެއިން  ކުރި ވައްކަމަކާ ގުޅިގެންކަމަށެވެ.

ފުލުހުން ބުނީ ވައްކަންކޮށްފައި ވަނީ ދަރަވަންދޫގައި ދެބެއިން ދިރިއުޅޭ ގެއިން ކަމަށެވެ. އަދި 26 އަހަރުގެ މީހާގެ ވޮލެޓުން ފައިސާ ގެއްލުމާ ގުޅިގެން ދެބެއިންގެ ދެމެދުގައި ހިންގި ޒުވާބެއް ގައި 29 އަހަރުގެ މީހާ ވަނީ އޭނާގެ 26 އަހަރުގެ ކޮއްކޮގެ އަތަށް ކަތުރެއް ހަރާލައިފައި ކަމަށް ފުލުހުން ބުނެއެވެ.

މާރާމާރީއާ ގުޅިގެން 29 އަހަރުގެ މީހާ އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް