ނޫސްވެރިކަމުގެ މިނިވަންކަން މީޑިއާ ކައުންސިލުން ކަށަވަރުކޮށްދޭން ޖެހޭ: ޕީޕިއެމް/ ޕީއެންސީ

ނޫސްވެރިކަން ކުރުމަށް ގާނޫނު އަސާސީ ލިބިދީފައިވާ މިނިވަންކަަން ކަށަވަރު ކޮށްދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލާއި ކަމާ ބެހޭ އިދާރާތަކަށް އިދިކޮޅު ޕީޕީއެމް/ ޕީއެންސީން ގޮވާލައިފި އެވެ. އެޕާޓީން މިހެނ...

30 Mar 2020 | 02:47

ނޫސްވެރިކަން ކުރުމަށް ގާނޫނު އަސާސީ ލިބިދީފައިވާ މިނިވަންކަަން ކަށަވަރު ކޮށްދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލާއި ކަމާ ބެހޭ އިދާރާތަކަށް އިދިކޮޅު ޕީޕީއެމް/ ޕީއެންސީން ގޮވާލައިފި އެވެ.

އެޕާޓީން މިހެން ގޮވާލީ އޮންލައިން ނޫސް "ދިޔަރެސް"ގައި ޖެހި ދެ ހަބަރެއް ނެގުމަށް އެމްއެމްސީން އެންގުމުން އެކަން ކުށްވެރިކޮށް ނެރުނު ބަޔާނެއްގައި އެވެ. އެ ބަޔާނުގައި ބުނެފައިވަނީ އެމްއެމްސީއަށް ލިބިފައިވާ ބާރުތައް ބޭނުން ކުރާއިރު ޖަވާބުދާރީވުމުގެ ފުރުސަތު ދީގެން އިންސާފުވެރިކަމާ އެކު އަމަލު ކުރަން ޖެހޭ ކަމަށެވެ.

އެމްއެމްސީގެ އެ އެންގުމަކީ މިނިވަން ނޫސްވެރިކަން ހުއްޓުވައި ނޫސްވެރިންގެ އަނގަ ބަންދު ކުރުމަށް ވަރަށް ބޭއިންސާފުން ކުރި ކަމެއް ކަމަށް ބުނެފައިވެ އެވެ. އަދި މީޑިއާއަކީ ޑިމޮކްރަސީގެ ހަތަރު ވަނަ ބާރު ކަމަށްވާއިރު ނޫސްވެރިންނަށް ބިރު ދެއްކުމަކީ ޑިމޮކްރަސީގެ އަސާސްތަކާ ހިލާފު ކަމެއް ކަމަށެވެ.

އިތުރަށް ބަޔާނުގައި ބުނެފައިވަނީ ކޯވިޑް-19 އާ ގުޅިގެން ރައްޔިތުންނަށް ހަބަރާއި މައުލޫމާތު ގެނެސް ދިނުމަށް ނޫސްވެރިން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެކަމަކު ނޫސްވެރިންގެ އަގުވައްޓާލައި ފުރައްސާރަ ކުރުމަށް ސަރުކާރު ހިންގާ ޕާޓީގެ އެކްޓްވިސްޓުން މަސައްކަތް ކުރާ ކަމަށް ތުހުމަތުކޮށް ބަޔާނުގައި ވަނީ އެކަން ކުށްވެރިކޮށްފަ އެވެ.

މީގެ ކުރިން ކޯވިޑް-19 އާއި ގުޅޭގޮތުން ވީނިއުސްގައި ޖެހި ހަބަރެއްގެ ސުރުހީ ބަދަލު ކުރަން އެ ކައުންސިލުން އަންގާފައިވެ އެވެ. މިފަދަ ބައެއް ކަންކަން ހުރި ނަމަވެސް އެ ކައުންސިލުން ވަނީ މިދަނޑިވަޅުގައި ނޫސްވެރިން ކުރަމުންދާ ބުރަ މަސައްކަތަށް ޝުކުރު އަދާ ކުރައްވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް