މޯލްޑިވިއަންގެ ފުރަތަމަ ކާގޯ ދަތުރުގައި ލަންކާއިން 10 ޓަނުގެ މުދާ ގެނެސްފި

ކޯވިޑް-19 އާއި ގުޅިގެން ގައުމީ އެއާލައިން، މޯލްޑިވިއަން އިން ބޭއްވި ފުރަތަމަ ކާގޯ ފްލައިޓުގައި 10 ޓަނުގެ މުދާ ރާއްޖެ ނެގެސްފި އެވެ. ފުރަތަމަ ކާގޯ ދަތުރު ކޮށްފައިވަނީ އިއްޔެ އަވައްޓެރި ސްރީލަންކާގެ ކޮލ...

30 Mar 2020 | 01:59

ކޯވިޑް-19 އާއި ގުޅިގެން ގައުމީ އެއާލައިން، މޯލްޑިވިއަން އިން ބޭއްވި ފުރަތަމަ ކާގޯ ފްލައިޓުގައި 10 ޓަނުގެ މުދާ ރާއްޖެ ނެގެސްފި އެވެ.

ފުރަތަމަ ކާގޯ ދަތުރު ކޮށްފައިވަނީ އިއްޔެ އަވައްޓެރި ސްރީލަންކާގެ ކޮލަމްބޯ އަށެވެ. އިއްޔެ ގެނައި ތަކެތީގެ ތެރޭގައި ހިމެނެނީ ތަރުކާރީއާއި މޭވާގެ ބާވަތްތަކާއި ސިއްޙީ ބައެއް ސާމާނުކަމަށް މޯލްޑިވިއަނުން މައުލޫމާތުދެ އެވެ.

ދެވަނަ ކާގޯ ފަތުރު ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހު އެވެ. އެ ދުވަހު އިންޑިއާގެ ޓްރިވެންޑްރަމް އަދި ޗެންނާއީއަށް މޯލްޑިވިއަން ކާގޯ ފްލައިޓު ބާއްވާނެ އެވެ.

އެ ކުންފުނިން ވަނީ މި ދަތުރުތަކުގައި ރާއްޖެއިން ބޭރުން މުދާ ގެންނަން ބޭނުންވާ ވިޔަފާރިވެރިންނަށް އެފުރުސަތު ހުޅުވާލާފައި އެވެ. މޯލްޑިވިއަން އިން ކާގޯ ފްލައިޓުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ކޮލަމްބޯ، ޓްރިވެންޑްރަމް، ޗެންނާއީ، ދުބާއީ އަދި ބެންކޮކް އަށެވެ.

ރާއްޖެއަށް މުދާ ގެނައުމަށް ވިޔަފާރިވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން މޯލްޑިވިއަނުން މި ބާއްވާ ޗާޓާ ކާގޯ ދަތުރުތަކަށް އޮންނަ ޑިމާންޑަށް ބެލުމަށްފަހު އިތުރު މަންޒިލްތަކަށްވެސް ދަތުރުތައް ކުރުމަށް ނިންމާފައިވާކަމަށް މޯލްޑިވިއަނުން ބުނެއެވެ.

މުދާ އުފުލުމަށް ޗާޓާ ދަތުރުތައް ކުރުމަށް މޯލްޑިވިއަނުން ނިންމާފައިވާ މިވަނީ ދުނިޔޭގައި ހަލުވި ކަމާއި އެކު ކޯވިޑް-19 ފެތުރެމުންދާތީ ގިނަ އެއާލައިންތައް ހުއްޓުމަކަށް އައިސްފައިވާ ދަނޑިވަޅެއްގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް