މުޅި ދުނިޔޭގައި ފެތުރެމުން އަންނަ ކޯވިޑް-19 ނުވަތަ ކޮރޯނާ ވައިރަސްގެ ވަބާއިން ސަލާމަތް ވުމަށް މި ދިވެހިރާއްޖެވެސް މަސައްކަތް ކުރަމުން އަންނައިރު ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަރަށް ތަފާތު ޗެލެންޖެއް ފައްޓަވައި އެ ޗެލެންޖު ސޯޝަލް މީޑިއާގައި އިއުލާނުކުރައްވައިފިއެވެ.
ޑރ. ޝަހީމް ފެއްޓެވީ ޚަތިމް ކުރުމުގެ ޗެލެންޖެކެވެ.
https://twitter.com/Mohamedshaheem1/status/1244325588363608072
މި ޗެލެންޖު އިއުލާނު ކުރައްވަމުން ޓްވިޓަރުގައި ޑރ. ޝަހީމް ވިދާޅުވީ އިސްލާމީ އުންމަތަށް ހިތާމަވެރި ވަގުތަކަށްވާތީ ﷲ އަށް ކުއްތަންވުމުގެ ގޮތުން އެންމެން ވެގެން ޚަތިމްކުރުން ފެށުނީ ކަމަށެވެ. މީގައި ބޮޑެތި މީހުންނާއި ކުޑަކުދިންނަށްބައިވެރިވެވޭނެއެވެ. ޓުވިޓަރ، އެފްބީ، އިންސްޓްގްރާމް މެދުވެރިކޮށް ކުރިއަށްގެންދެވޭނެ ކަމަށެވެ.
https://twitter.com/Mohamedshaheem1/status/1244340243664384004
"އަޅުގަނޑު ފަށައިފިން" އިތުރު ފަރާތަކަށް މި ޗެލެންޖު ކުރައްވަމުން ޑރ. ޝަހީމް ޓްވިޓާގައި ވިދާޅުވެފައިވެއެވެ. ޑރ. ޝަހީމް މި ޗެލެންޖު ކުރި ފަރާތްވެސް ވަނީ އެ ޗެލެންޖު "އެކްސެޕްޓް" ކޮށް މިހާރު ޚަތިމް ކުރުމެގެ މަސައްކަތް ފަށާފައެވެ. އަދި އިތުރު ބައެއް ފަރާތްތަކުން މި ޗެލެންޖުގައި ބައިވެރިވެ އެކަން އަންނަނީ ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެވެ.
https://twitter.com/Hasan05840777/status/1244329798773571585
https://twitter.com/Mohamedshaheem1/status/1244336728334372864
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް