122 މީހުން ޕޮސިޓިވް، ހޮސްޕިޓަލްގައި ފަރުވާ ދޭ މީހުން 150 ން މައްޗަށް

ކޯވިޑް-19 އަށް އިތުރު 122 މީހުން ޕޮސިޓިވް ވެއްޖެ އެވެ. އެޗްޕީއޭއިން ބުނީ މިއަދު ރާއްޖެއިން ޕޮސިޓިވްވި މީހުންގެ ތެރެއިން 90 މީހުންނަކީ މާލެ ސަރަހައްދުން ޕޮސިޓިވްވި މީހުން ކަމަށެވެ. ރިސޯޓުތަކުން 25 މީހު...

30 Jan 2021 | 17:08

ކޯވިޑް-19 އަށް އިތުރު 122 މީހުން ޕޮސިޓިވް ވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު ރާއްޖެއިން ޕޮސިޓިވްވި މީހުންގެ ތެރެއިން 90 މީހުންނަކީ މާލެ ސަރަހައްދުން ޕޮސިޓިވްވި މީހުން ކަމަށެވެ. ރިސޯޓުތަކުން 25 މީހުން ޕޮސިޓިވްވެފައިވާއިރު މީހުން ދިރިއުޅޭ ރަށްތަކުން ހަތަރެއް އަދި ސަފާރީތަކުން ތިން މީހަކު ކޯވިޑަށް މިއަދު ޕޮސިޓިވްވެފައިވެ އެވެ.

މިއަދު ކޯވިޑަށް ޓެސްޓު ކޮށްފައިވަނީ 3،535 ސާމްޕަލެވެ.

މިވަގުތު ކޯވިޑަށް ފަރުވާ ދެމުން ދަނީ 1،582 މީހުންނަށެވެ. އޭގެ ތެރެއިން 152 މީހުންނަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެންނެވެ.

ކޯވިޑް ޖެހުނު މީހުންގެ ތެރެއިން 14،096 މީހުން މިހާތަނަށް ރަނގަޅުވެފައިވެ އެވެ. މި ބަލީގައި މަރުވެފައިވަނީ 51 މީހުންނެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވަނީ 15،736 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް