ރޯހަން އާއި ގަބޫލުތޯ އަހާތީ ޝްރައްދާގެ ބައްޕަ ޝަކްތީ އަންތަރީސްވެފައި!

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޝަރައްދާ ކަޕޫރާއި ބޮލީވުޑްގެ ފޮޓޯގްރާފަރު ރޯހަން ޝްރެސްތާގެ ކައިވެނި މިއަހަރު އޮންނާނެ ކަމަށް ބުނެ ދަނީ ވަރަށް ބާރަށް އަޑުފެތުރެމުންނެވެ. އެވާހަކަ ކުއްލިއަކަށް ވައިގަ ހިފީ  ...

30 Jan 2021 | 15:22

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޝަރައްދާ ކަޕޫރާއި ބޮލީވުޑްގެ ފޮޓޯގްރާފަރު ރޯހަން ޝްރެސްތާގެ ކައިވެނި މިއަހަރު އޮންނާނެ ކަމަށް ބުނެ ދަނީ ވަރަށް ބާރަށް އަޑުފެތުރެމުންނެވެ.

އެވާހަކަ ކުއްލިއަކަށް ވައިގަ ހިފީ  ވަރުން ދަވަން އާއި ނަތާޝާ ދަލާލް ކައިވެނި ކުރުމުން މަރުހަބާ ކިޔުމަށް ރޯހަން އިންސްޓަގްރާމްގައި ސްޓޯރީ އަޕްޑޭޓް ކުރުމުން ވަރުން އެ ޕޯސްޓް ރީޕޯސްޓުކޮށް ލިޔެފައިވާ އެއްޗަކުންނެވެ. ވަރުން ބުނެފައިވަނީ އޭނާ އުންމީދު ކުރަނީ ރޯހަން ތައްޔާރުވެފައިވާ ކަމަށެވެ.

ވަރުންގެ މި ވާހަކަ އާއި ގުޅިގެން ވަރަށް ސިއްރުން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ޝްރައްދާ އާއި ރޯހަން އެއްޗެއް ނުބުނުމުން ނޫސްވެރިންގެ އަމާޒަކަށްވީ ޝްރައްދާގެ ބައްޕަ އަދި ކުރީގެ ބަތަލް ޝަކްތީ ކަޕޫރު ކައިރިން ވާހަކައެއް ހޯދޭތޯ އެވެ. ޝަކްތީ އާއި ނޫސްވެރިން ކުރި ސުވާލަކީ އެ ދެމީހުން ކައިވެނި ކުރަން އުޅޭ ވާހަކަ އެއީ ތެދެއްތޯ އާއި ރޯހަން އާއި އޭނާ ގަބޫލުތޯ އެވެ.

މި ސުވާލުތަކާއި ގުޅިގެން ޝަކްތީ ބުނީ ރޯހަން އާއި ގަބޫލުތޯ އަހާތީ ހައިރާންވެ އަންތަރީސްވާ ކަމަށެވެ. އޭނާ ބުނީ ޝަރައްދާ އިންނަން ބޭނުންވަނީ މިވެނި މީހެކޭ ބުނެ ރޯހަން ކީއްކުރަން ކޮންމެ ފަދަ މީހަކު ގެނަޔަށް އޭނާގެ ރުހުން ޝްރައްދާގެ ކައިވެންޏަށް ލިބޭނެ ކަމަށެވެ.

ޝަކްތީ ބުނީ ޝަރައްދާ ކައިވެނި ކުރަން ބޭނުންވާ މީހަކު އެނގޭނީ ޝަރައްދާއަށް ކަމަށެވެ. އަދި އޭނާ ރޯހާން އާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭ ވާހަކަ ނުވަތަ ރޯހަން އާއި ކައިވެނި ކުރަން ބޭނުން ވާހަކަ މިހާތަނަށް ޝަކްތީ ކައިރީ ބުނެފައި ނުވާކަމަށް ބުންޏެވެ.

ޝަކްތީ ބުނީ ރޯހަން އާއި ޝްރައްދާ އަކީ ކުޑައިރުންސުރެ ދެ ރަހުމަތްތެރިން ކަމަށެވެ. އަދި އެންމެ ކުޑައިރުންފެށިގެން ރޯހަން އެގެއަށް އަންނަ ކަމަށާއި މިހާރުވެސް އެ އުސޫލުން އޭނާ އެގެއަށް ދާ ކަމަށެވެ.

ޝަރައްދާ އާއި ރޯހަން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ތިން އަހަރު ވެއްޖެ އެވެ.

ޝަކްތީ އާއި ރޯހަންގެ ބައްޕަ ރާކޭޝް ޝްރެސްތާ އަކީ ވަރަށް ގާތް ދެ އެކުވެރިންނެވެ. ރިޕޯޓުތައް ބުނާގޮތުގައި ރޯހަން އަކީ ބޮލީވުޑްުގެ މަޝްހޫރު ބަތަލް ރަންވީރު ސިންގް ގެ އެންމެ ގާތް އެއް އެކުވެރިޔާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް