ފުވައްމުލަކު ސިޓީން ކޯވިޑް-19 އަށް އިތުރު ދެ މީހަކު ޕޮސިޓިވް ވެއްޖެ އެވެ.
އެޗްއީއޯސީން ބުނީ މި ދެމީހުން ކޯވިޑް-19 އަށް ޕޮސިޓިވްކަން އެނގިފައިވަނީ ހޯމް ކަރަންޓީން މުއްދަތު ފުރިހަކުރުމުން ކޯވިޑަށް ޓެސްޓު ކުރުމުންނެވެ. މި ދެ މީހުންނާއި އެކު އިތުރު ތިން ޕޮސިޓިވް މީހުން އެބަ ތިއްބެވެ.
މިހާރު ޖުމްލަ އެ ސިޓީގައި ފަސް ޕޮސިޓިވް ކޭސް ހުރި އިރު މި އެންމެންނަކީ ހޯމް ކަރަންޓީންގައި ތިބި މީހުންނެވެ.
އެޗްއީއޯސީން ބުނީ ޕޮސިޓިވް ކޭސްތަކެއް ހުރި ނަމަވެސް އެ ސިޓީ މޮނިޓަރިންގެ ހާލަތަށް ނުގެންނާނެ ކަމަށެވެ.
އެޗްއީއޯސީން މީގެ ކުރިން ބުނެފައިވާގޮތުގައި ހޯމް ކަރަންޓީން ފުރިހަމަ ކުރުމުން ޓެސްޓު ކުރާއިރު ޕޮސިޓިވްވިޔަސް އެމީހުންގެ ކަރަންޓިން އުސޫލާއި ހިލާފުވެފައި ނުވާނަމަ ރަށުތެރެއަށް ވައިރަސް ފެތުރުމުގެ ފުރުސަތު ނޯންނާނެ ކަމަށެވެ.
އެޗްޕީއޭއިން ރޭ އާންމު ކުރި ތަފާސް ހިސާބުދައްކާގޮތުގައި މިވަގުތު އަތޮޅު ތެރޭގައި 130 އެކްޓިވް ކޭސް އެބަހުއްޓެވެ. އޭގެ ތެރެއިން 21 މީހުންނަކީ މިދިޔަ 24 ގަޑިއިރު ތެރޭގައި ޕޮސިޓިވްވެފައިވާ މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް