ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 7،000 ފްލެޓަށް ކަރަންޓު ދިނުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފި އެވެ.
ސްޓެލްކޯއިން ބުނީ ހައުސިން ޔުނިޓުތަކަށް ކަރަންޓު ދިނުމަށްޓަކައި އިންސްޕެކްޓް ކުރުމުގެ މަސައްކަތް ފަށައިގެން ކުރިޔަށް ދާ ކަމަށެވެ. އެ ކުންފުނިން ބުނީ މި އިންސްޕެކްޝަންތަކަށް ފަހު ކަރަންޓު ދިނުމުގެ އަމަލީ މަސައްކަތް ލަސްތަކެއް ނުވެ ފަށާނެ ކަމަށެވެ.
އަދި ފްލެޓުތައް ދޫކުރުމަށް ހަމަޖެހިފައިވާ ތާރީހުގެ ކުރިން ފްލެޓުތަކަށް ކަރަންޓު ދީ ނިންމާލެވޭނެ ކަމަށް ބުނެ އެވެ.
ހިޔާ މަޝްރޫއުގައި 16 ޓަވަރު އިމާރާތް ކޮށްފައިވާއިރު، ކޮންމެ ފްލޯއެއްގައި 20 ފްލެޓް ހުރެ އެވެ.
https://twitter.com/STELCOMALDIVES/status/1355483224047140865
ހިޔާ މަޝްރޫއުގެ ފްލެޓުތަކުގެ މަސައްކަތް ނިންމައި އަންނަ އޭޕްރިލް މަހުގެ ކުރީ ކޮޅު ފްލެޓުގެ ހައްގުވެރިންނާއި ހަވާލު ކުރާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.
އެޗްޑީސީން ލަފާކުރާގޮތުގައި އެ ފްލެޓުތަކުގައި ގާތްގަނޑަކަށް 40،000 އާއި ގާތްކުރާ އަދަދަކަށް މީހުން ދިރިއުޅޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް