ހަސަނާއި ހަސަނުގެ ސައިކަލު ނަންބަރާއި ހަސަނުގެ ޕެޓްރޯލް ޕްރޮޖެކްޓް - ފޮޓޯ: އިއްބެ / ފޭސްބުކް
ފޭސްބުކް ބަލައިލިތަނުން ލޮލުގައި އަޅައިގަތީ
އިބްރާހިމް ރަޝީދު (މަހްރަބު އިއްބެ) ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެކެވެ.
އިއްބެގެ ޕޯސްޓްގައި ބުނެފައިވަނީ އެކި މީހުންގެ
ޝަޢުގު ހުންނަނީ އެކި ކަންކަމަށް ކަމަށާއި މަހުޖަނަކަށް ނުވިޔަސް އެހީތެރިކަން
ފޯރުކޮށްދިނުމަކީ ކުރެވިދާނެކަމެއް ކަމަށެވެ.
ވެމާލެއިން ހުޅުމާލެއަށް ހުޅުމާލެއިން މާލެއަށް
އަންނަ އިރު ސައިކަލެއްހުއްޓިގެން އުޅެންޏާ ޙަސަން އަހާލާނެ،ޕެޓްރޯލް
ހުސްވީތަ އަން ، އަން އެދިއްކޮށްލީ
500އެމް.އެލްގެ ޕެޓްރޯލްފުޅިއެއް" އިއްބެގެ ޕޯސްޓްގައި ބުނެފައިވެއެވެ.
އިއްބެ ފާހަގަކޮށްފައިވަނީ އެއީ ޕެޓްރޯލްޝެޑަކާ
ހިސާބަށްދެވޭނެ ވަރުގެ ވަރަށް ބޭނުންވެފަހުރި
އެހީއެއް ކަމަށާއި އޮތީ ޙަސަންއާ ދިމާވުން ކަމަށެވެ.
"މިއީ ޙަޤީޤަތުގަވެސް މަތިވެރި ޚިދުމަތެކެވެ.ىاالله ޙަސަންގެ އަތްމަތި ތިޔާގިކޮށްދެއްވާ ދުޅަހެޔޮކަމުގައި
ލަހައްޓަވާށިއެވެ.އާމީން." އިއްބެ ބުނެފައިވެއެވެ.
އިއްބެގެ އެ ޕޯސްޓްގައިވާ ފޮޓޯއެއްގައި ހަސަނު ހިލޭދޭ
ޕެޓްރޯލް ފުޅިއެއްވެސް ފެންނަން ހުރިއިރު އެ ފުޅީގައި ހަސަނުގެ ނަންބަރާއެކު
ލިޔެފައިވަނީ "ބްރިޖް އެހީ" މިހެންނެވެ.
ދުވަހުން އިތުރު މަޢުލޫމާތު ހޯދައިލުމަށް ހަސަނަށް ގުޅާލުމުން
ހަސަނު ބުނީ އެކަމެއް ކުރާތާ މިހާރު ހައެއްކަ އަހަރުވެފައިވާކަމަށާއި ހަފުތާއަކު
ގާތްގަނޑަކަށް 15 ވަރަކަށް ކޯލް ލިބޭ ކަމަށެވެ.
"އަޅުގަނޑު މިއީ ސައިކަލު ޓެކްސީ ކުރާ
ފަރާތެއް، އެކަން ފާހަގަވެގެން ފެށި ޚިދުމަތެއް މިއީ، 20 ވަރަކަށް ރުފިޔާއަށް އެބަ
ލިބޭ ބޮޑު ފުޅިއެއްގެ ޕެޓްރޯލް، ދެން ތައްޔާރުކޮށްލަނީ ކުދި ފުޅީގަ" ހަސަނު
ބުންޏެވެ.
ހަސަނު އިތުރަށް ބުނީ ހިލޭ ދެވޭ އެ އެހީއަކީ
މުޖްތަމައަށް ކަމެއް ކޮށްދިނުމުގެ ނިޔަތުގައި ކުރަން ފެށި ކަމެއް ކަމަށާއި
ހުއްޓުމެއްނެތި ކުރިއަށްގެންދަން ވިސްނާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް