ކޮވިޑް-19: ރާއްޖެއިން މިއަދު ފައްސިވީ 31 މީހުން، ބަލިން ފަސޭހަވީ 27 މީހުން

ކޮވިޑް-19 އަށް މިއަދު ވެސް ރާއްޖެއިން އިތުރު 31 މީހުން ފައްސިވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު މިއަދު ރާއްޖެއިން ކޮވިޑަށް ފައްސި ވެފައިވަނ...

29 Dec 2020 | 18:22

ކޮވިޑް-19 އަށް މިއަދު ވެސް ރާއްޖެއިން އިތުރު 31 މީހުން ފައްސިވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު މިއަދު ރާއްޖެއިން ކޮވިޑަށް ފައްސި ވެފައިވަނީ މާލެއިން 20 މީހުންނާއި އަތޮޅުތެރެއިން 4 މީހުނާއި ހިންގަމުން އަންނަ ރިސޯޓުތަކުން 5 މީހުންގެ އިތުރުން ރާއްޖެއިން ބޭރުން 2 މީހުންނެވެ.

މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 13،691 މީހުން ފައްސި ވެފައިވެއެވެ.

މިއަދު ބަލިން ރަނގަޅުވި 27 މީހުންނާއި އެކު ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައިވަނީ ޖުމްލަ 13,109 މީހުންނެވެ. އަދި މިބަލީގައި ރާއްޖެއިން މިހާތަނަށް ޖުމްލަ 48 މީހަކު ވަނީ ނިޔާވެފައެވެ.

ކޮވިޑް ބަލީގައި ހޮސްޕިޓަލުތަކުގައި މިހާރު ފަރުވާ ހޯދަމުން ދަނީ 29 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް