ސްރީލަންކާގެ ސިނަމާތައް އަންނައަހަރުގެ ފުރަތަމަ ދުވަހު ހުޅުވަން ނިންމައިފި އެވެ.
އެ ގައުމުގެ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި އައިސޮލޭޓް ކޮށްފައިވާ ހިސާބުތަކުގެ ސިނަމާތައް ނުހުޅުވާނެ އެވެ.
ލަންކާގެ ނެޝަނަލް ފިލްމް ކޯޕަރޭޝަނުން ބުނެފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ސިނަމާތައް ބޭނުން ކުރެވޭނީ އެތަނެއްގެ 24 އިންސައްތަ ކަމަށެވެ.
އެގައުމުގެ ބޮޑު ވަޒީރު މަހިންދަ ރާޖަޕަކްސަ، މި ހުއްދަ ދެއްވާފައިވާ އިރު، ލަންކާގެ ފިލްމީ ދާއިރާ އާއި މުނިފޫހި ފިލުވުމުގެ ދާއިރާގެ ގިނަ ފަރާތްތަކަކުން މީގެ ކުރިންވަނީ އެފަރާތްތަކަށް ލިބިފައިވާ ގެއްލުންތައް ބޮޑުވަޒީރާ ހިއްސާ ކޮށްފަ އެވެ.
ކޮވިޑްގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ސަބަބުން ސިނަމާތައް ބަންދުކޮށްފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް