ދަރަނި ނުދައްކައިގެން އީރާނުން އިރާޤުގެ ގޭސްލައިން ބަންދުކޮށްފި

އީރާނުން އެ ޤައުމުގެ އަވަށްޓެރި އިރާޤުން ގޭސް ކަނޑާލައިފި އެވެ. ނޭޝަނަލް އީރާނިއަން ގޭސް ކޮމްޕެނީން ބުނީ އިރާގުން ގޭސް ކަނޑާލަން ޖެހުނީ ދަރަނި މާ ބޮޑުވެގެން ކަމަށެވެ. އިރާގުން އިރާނަށް ދައްކަންޖެހޭ ފަ...

29 Dec 2020 | 15:18

އީރާނުން އެ ޤައުމުގެ އަވަށްޓެރި އިރާޤުން ގޭސް ކަނޑާލައިފި އެވެ.

ނޭޝަނަލް އީރާނިއަން ގޭސް ކޮމްޕެނީން ބުނީ އިރާގުން ގޭސް ކަނޑާލަން ޖެހުނީ ދަރަނި މާ ބޮޑުވެގެން ކަމަށެވެ.

އިރާގުން އިރާނަށް ދައްކަންޖެހޭ ފައިސާގެ ޢަދަދު މިހާރު 6 ބިލިއަން ޑޮލަރަށްވުރެ އިތުރުކަމަށް އީރާނުން ބުނެ އެވެ.

އިރާގުގެ ޔުޓިލިޓީސްއާ ގުޅޭ މިނިސްޓްރީން ބުނީ މި ދިމާވީ ހިތާމަވެރި ގޮތެއް ކަމަށާއި ބަޣުދާދުގައާއިި އެހެން އަވަށްތަކުގައިވެސް ކަރަންޓް ދެމެހެއްޓުމުގައި ދެން ދަތިވާނެ ކަމަށެވެ.

އީރާނަށް ދަތިކުރަން އެމެރިކާއިން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އީރާނަށް ލިބެންޖެހޭ އެތައް ބިލިއަން ޑޮލަރެއް ގައުމުތަކުގައި ތާށިވެފައި މިހާރު ވެސް އެބަ ހުއްޓެވެ.

މިއީ އެމެރިކާއިން ރުހިއްޖެ ހާލަތެއްގައި މެނުވީ އީރާނަށް ފޯރާނެ ފައިސާއެއް ނޫނެވެ. އީރާނަށް ލިބެން ޖެހޭ ކިތަންމެ ކުޑަ އާމްދަނީ އެއްވެސް މުހިންމު ވަނީ މި ސަބަބާހެދި އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ދަރަނި އަދާ ކުރާނެ ގޮތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް، އީރާނުގެ އެނަރޖީ މިނިސްޓަރު، ރިޒާ، ބަޣްދާދަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް