ޑރ. ފާތުމަތު އަލީ ދީދީ ރިޓަޔަރވެވަޑައިގެންފި

އައި.ޖީ.އެމް.އެޗް ގެ މެޑިކަލް އެޑްމިނިސްޓްރޭޝަން ގެ ހެޑް އޮފް ޑިޕާޓްމަންޓް ގެ މަޤާމުން ޑރ. ފާރުމަތު އަލީ ދީދީ މިއަދު ރިޓަޔަރވެވަޑައިގެންފިއެވެ. ޑރ. ފާތުމަތު އަލީ ދީދީ ވަނީ ސިއްހީދާއިރާއިން އައި.ޖީ.އެމ...

29 Dec 2020 | 11:02

އައި.ޖީ.އެމް.އެޗް ގެ މެޑިކަލް އެޑްމިނިސްޓްރޭޝަން ގެ ހެޑް އޮފް ޑިޕާޓްމަންޓް ގެ މަޤާމުން ޑރ. ފާރުމަތު އަލީ ދީދީ މިއަދު ރިޓަޔަރވެވަޑައިގެންފިއެވެ.

ޑރ. ފާތުމަތު އަލީ ދީދީ ވަނީ ސިއްހީދާއިރާއިން އައި.ޖީ.އެމް.އެޗް އަށް ތަފާތު އެކިއެކި މަޤާމުތަކުގައި  ޚިދުމަތްކޮށްދެއްވާފައެވެ.

މިގޮތުން ޑރ. ފާތުމަތު އަލީ ދީދީ ސެންޓްރަލް ހޮސްޕިޓަލްއާއި ގުޅިވަޑައިގަތީ 1982 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 03 ގައި ސީނިއަރ ހައުސް އޮފިސަރ އެއް ގެ މަޤާމުގައެވެ.

އެއަށްފަހު އައި.ޖީ.އެމް.އެޗް އާއި ގުޅިވަޑައިގަތީ 1995 ވަނަ އަހަރު ރެޖިސްޓަރާރ އިން މެޑިސިން ގެ މަގާމުގައި ޖެނުއަރީ 01 ގައެވެ. 04 އަހަރުގެ ޚިދުމަތަށްފަހު ގުޅިވަޑައިގެންނެވީ އައި.ޖީ.އެމް.އެޗް މެޑިކަލް އެޑްމިންގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަޤާމަށެވެ. މަޤާމުގެ ކުރިއެރުމާއި އެކު 2008 ގައި މެޑިކަލް އެޑްމިނިސްޓްރޭޝަން ގެ ޑިރެކްޓަރ ގެ މަޤާމަށް އެބޭފުޅާ އައްޔަނުކުރެވިގެންދިއައެވެ. ސިއްހީ ދާއިރާގައި އެބޭފުޅާގެ ތަޖުރިބާ ވެގެންދިޔައީ އައި.ޖީ.އެމް.އެޗް ހިންގުމުގައި ލިބިގެންދިޔަ މުހިއްމު އެއްބާރުލުމެކެވެ.

މިގޮތުން 2016 ވަނަ އަހަރުގެ ޖޫން 28 ގައި މި ހޮސްޕިޓަލުގެ ހެޑް އޮފް ކްލިނިކަލް ސަރވިސަސް ގެ މަޤާމަށް ޑރ. ފާތުމަތު އަލީ ދީދީ ހޮވިވަޑައިގަތެވެ. ހަމައެއާއިއެކު މެޑިކަލް އެޑްމިނިސްޓްރޭޝަން ގެ އެޗް.އޯ.ޑީ ގެ މަޤާމު ވެސް ޑރ. ފާތުމަތު އަލީ ދީދީ ވަނީ ނުހަނު އިޚްލާސްތެރިކަމާއިއެކު ފުރުއްވާފައެވެ.

ސިވިލް ސާވިސަސްގެ ގަވާއިދުގައިވާ މަޤާމުން މުސްކުޅިކުރުމުގެ އުސޫލުގެދަށުން މިއަދު އެބޭފުޅާ ރިޓަޔަރ ވެ ދުރުވާއިރު ތަފާތު ގިނަގުނަ މަސައްކަތްތަކެއްވަނީ އައި.ޖީ.އެމް.އެޗް އަށް ކޮށްދެއްވާފައެވެ. އެ ޚިދުމަތްތަކަށް އައި.ޖީ.އެމް.އެޗްގެ ފަރާތުން އަގުވަޒަންކޮށް ހަނދާނީ ލިޔުމާއި ހަނދާނީ ފިލާއެއް ވަނީ ޑރ. ފާރުމަތު އަލީ ދީދީ އަށް އަރުވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް