އެމްޓީސީސީން ތ. އާއި ލ. އަތޮޅާއި ދެމެދު ލޯންޗް ފެރީގެ ހިދުމަތް ފަށައިފި

އެމްޓީސީސީން ތ. އަތޮޅާއި ލ. އަތޮޅާއި ދެމެދު ލޯންޝު ފެރީގެ ހިދުމަތް ފަށައިފި އެވެ. އެމްޓީސީސީން ބުނީ މި ހިދުމަތް ދޭނީ. ތ. ތިމަރަފުއްޓާއި ވޭމަންޑޫ އާދި. ލ. ގަމާއި ދެމެދުގައި ކަމަށެވެ. މި ދަތުރުތައް ކުރު...

29 Dec 2020 | 10:33

އެމްޓީސީސީން ތ. އަތޮޅާއި ލ. އަތޮޅާއި ދެމެދު ލޯންޝު ފެރީގެ ހިދުމަތް ފަށައިފި އެވެ.

އެމްޓީސީސީން ބުނީ މި ހިދުމަތް ދޭނީ. ތ. ތިމަރަފުއްޓާއި ވޭމަންޑޫ އާދި. ލ. ގަމާއި ދެމެދުގައި ކަމަށެވެ. މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފްތާއެއްގެ އާދިއްތަ، އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު އެވެ.

މި ދަތުރުތަކުގެ ޓިކެޓުތަކުގެ އަގުތަކަކީ ތިމަރަފުށިން ވޭމަންޑޫއަށް ކޮޅަކަށް 75 ރުފިޔާ އަދި ދެކޮޅު ދަތުރަށް 150 ރުފިޔާ އެވެ. އަދި ތިމަރަފުށި، ވޭމަންޑޫ އަދި ގަމަށް ކޮޅަކަށް 250 ރުފިޔާ އަދި ދެކޮޅަށް 400 ރުފިޔާ އެވެ.

އެމްޓީސީސީން ބުނީ މި ހިދުމަތް ފެއްޓުމަށް އެ ކުންފުންޏާއި ވަރަށް ގާތުން މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރޭގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް، ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ، ގަމު ދާއިރާގެ މަޖިލީހުގެ މެމްބަރު މުހައްމަދު ވިސާމް އަދި ފޮނަދޫ ދާއިރާގެ މަޖިލީހުގެ މެމްބަރު މޫސާ ސިރާޖު ހިމެނޭ ކަމަށެވެ. އެ ބޭފުޅުންނަށް އެމްޓިސީސީން ވަނީ ޝކުރު އަދާ ކޮށްފައި އެވެ.

އެމްޓީސީސީން ބުނީ މި ހިދުމަތް ދިނުމަށް ބޭނުންކުރަނީ ފަހަރަކު 70 މީހުން އުފުލޭވަރުގެ ޖާގައިގެ ލޯންޗުތަކެއް ކަމަށެވެ.

ލޯންޗު ފެރީގެ ހިދުމަތް ހޯދަން 3001462 އަށް ގުޅައިގެން ޓިކެޓް ބުކް ކުރެވޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް