އުޒްބެކިސްތާން އެއަރވޭސްގެ ދަތުރުތައް ރާއްޖެއަށް މިއަދު ފަށައިފި އެވެ.
މެދުތެރޭ އޭޝިޔާގައި އޮންނަ އެންމެ ހިތް ގައިމު އެއް ގައުމުގެ އެއަރލައިންގެ ދަތުރުތައް ފަށާފައިވާ އިރު، ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއެކު ގިނަ އަދަދެއްގެ އެއާލައިންތަކުން ރާއްޖެއަށް މިހާރު އަންްނަނީ އަލުން ދަތުރުތައް ކުރަމުން ނެވެ.
އޭގެ ތެރޭގައި މުޅިން އަލަށް ފެށި އެއަރލައިންތަކާއި ކުރިން ވެސް ރާއްޖެއަށް ދަތުރުކުރަމުން އައި، އެކަމަކު ކޮވިޑް-19 ގެ ސަބަބުން ދަތުރު ހުއްޓާލި އެއަރލައިންތައް ވެސް ހިމެނެ އެވެ.
ބޯޑަރު ހުޅުވިފަހުން ރާއްޖެއަށް އެއްލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ އިރު، މިއަހަރުގެ މިހާތަނަށް ފަސް ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް