އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ނިހާންގެ މައްޗަށް 6 ދައުވާއެއް އުފުލައިފި

އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި ނިހާންގެ މައްޗަށް 6 ދައުވާއެއް އުފުލައިފި އެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ ވިލިމާލޭ ދާއިރާގެ ކުރީގެ މެންބަރު...

29 Dec 2020 | 08:59

އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި ނިހާންގެ މައްޗަށް 6 ދައުވާއެއް އުފުލައިފި އެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ ވިލިމާލޭ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ނިހާން ޙަސަން މަނިކުގެ މައްޗަށް ދަޢުވާކުރަން ކްރިމިނަލް ކޯޓަށް މިއަދު ހުށަހެޅީ މަނީ ލޯންޑަރިންގެ ކުށްތަކާއި ގުޅިފައިވާ ފައިސާ ނިހާނަށް ލިބިވަޑައިގެންނެވި މައްސަލަ ފުލުހުންނާއި, އޭސީސީއާއި ރިޔާސީ ކޮމިޝަން ގުޅިގެން ކުރި ތަޙްޤީޤަށްފަހު ދަޢުވާކޮށްދިނުމަށް އެދި ހުށަހެޅުމުން ކަމަށެވެ.

ޕީޖީ އޮފީހުން ބުނީ ވިލިމާލެ ދާއިރާގެ މެންބަރުކަމުގައި ނިހާން ހުރިއިރުގައާއި، މާލިއްޔަތު ކޮމެޓީގެ މުޤައްރިރުގެ މަޤާމުގައި އޭނާ ހުރިއިރު، މަޤާމުގެ ޙައިޞިއްޔަތުން އަދާ ކުރަންޖެހޭ މަސްޢޫލިއްޔަތުތައް ވަކިގޮތަކަށް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމުގެ މުޤާބިލުގައި، ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ ގާތުގައި ރިޝްވަތަށް އެދި، އަދި އަދީބު ދީފައިވާ ރިޝްވަތު ހިފައި، ކުށް ކޮށްގެން ހޯދާފައިވާ ފައިސާ އަތުގައި ބަހައްޓައި އެ ފައިސާ ބޭނުންކޮށްފައިވާކަން ތަޙުޤީޤަށް ހޯދިފައިވާ ކަމަށެވެ.

މީގެ އިތުރުން ނިހާނަށް ލިބިފައިވާ މި ފަދަ އެއްވެސް ފައިސާއެއް ލިބުނުކަން އޭނާ 2014 އިން ފެށިގެން 2019 އާއި ދެމެދު ހުށަހަޅާފައިވާ މާލީ ބަޔާންތަކުގައި ހިމަނާފައި ނުވާ ކަމަށް ވެސް ޕީޖީ އޮފީހުން ބުނެ އެވެ.

ޕީޖީ އޮފީހުން ބުނީ މި މައްސަލާގައި އުފުލާފައިވާ ދަޢުވާތަކާއި ގުޅިގެން ނިހާން ކުށްކޮށްގެން ހޯދާފައިވާ ފައިސާ އަދި އެއާ އެއްކޮށްފައިވާ މުދާ އަދި ފައިސާ ދައުލަތަށް ނަގައިދިނުމަށް ކޯޓުގައި އެދިފައިވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް