" 2021 ނައު " އާ އަހަރުގެ ޕްރޮމޯޝަން ލެކިއުޓް އިން ފަށައިފި !

އޮރިޖިނަލް ސެންޓުގެ އެންމެ ތަޖުރިބާކާރު  "ލެކިއުޓުން" އާ އަހަރަށް މަރުހަބާ ކިއުމުގެ ގޮތޮން ޕްރޮމޯޝަނެއް ފަށައިފިއެވެ. މި ހިނގާ ޑިސެމްބަރު މަހުގެ 15 އިން ފެށިގެން ކުރިއަށް އޮތް 2021 ވަނަ އަހަރުގެ ޖެނުއ...

29 Dec 2020 | 07:53

އޮރިޖިނަލް ސެންޓުގެ އެންމެ ތަޖުރިބާކާރު  "ލެކިއުޓުން" އާ އަހަރަށް މަރުހަބާ ކިއުމުގެ ގޮތޮން ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ހިނގާ ޑިސެމްބަރު މަހުގެ 15 އިން ފެށިގެން ކުރިއަށް އޮތް 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ  15 އަށް ކުރިޔަށްދާ,  މި ޕްރޮމޯޝަންގައި ޑިސްކައުންޓް އަގުގައި ސެންޓު ލިބުމުގެ އިތުރުން 1000 ރުފިޔާއަށްވުރެ މަތިން ވިޔަފާރި ކުރާ ކޮންމެ ފަރާތަކަށް 15 އެމް.އެލްގެ ސެންޓުފުޅިއެއް ހަދިޔާއަކަށް ލިބިވަޑައިގަންނަވާނެއެވެ.

ލެކިއުޓުން މަޢުލޫމާތުދޭ ގޮތުގައި ނިއު އިޔަރއަށް ޚާއްސަކޮށްގެން ގިފްޓްގަންނަ ފަރާތްތަކަށް އަގުހެޔޮ ސެންޓް ޕެކްސްގެ އިތުރުން، އެހެން އަހަރު ތަކެކޭވެސް  އެއްފަދައިން، 31 ޑިސެމްބަރ ކަމުގައިވާ މި އަހަރު ނިމޭދުވަހު ފްރެޝް ފިނިފެންމާ ހަދިޔާކުރުންވެސް އޮންނާނެކަމަށެވެ.

ލެކިއުޓުންވަނީ ރާއްޖޭގެ މާކެޓަށް މުޅިން އަލަށް "ޓިފަނީ" އަދި "ފިލޯސޮފީގެ" ސެންޓްވެސް ތަޢާރަފު ކޮށްފައެވެ.

ޓިފަނީއަކީ 1837 ވަނަ އަހަރު އުފަންވި މުޅި ދުނިޔެއަށް ނަން މަޝްހޫރު ބްރޭންޑެކެވެ. "ފިލޯސޮފީ"އަކީ މިލޭނިއަލްސްގެ މެދުގައި މަޝްހޫރުވި 1996 އަހަރު އުފެދުނު ބްރޭންޑެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް