މަލައިކާ އެންމެ ބޭނުންވަނީ ކޮންކަމެއްކަން ހާމަކޮށްފި

އަރުޖުން ކަޕޫރުގެ ލޯބީގެ ޖާދޫގައި ޖެހިފައިވާ މަލައިކާ އަރޯރާ އެންމެ ބޭނުންވާ އެއް ކަންތައް އޭނާ ހާމަކޮށްފިއެވެ. މަލައިކާ ބުނެފައިވާގޮތުގައި އޭނާ އެންމެ ބޭނުންވަނީ މުޅި އުމުރަށް އަރުޖުންއާއެކު ކަރަންޓީ...

29 Dec 2020 | 05:03

އަރުޖުން ކަޕޫރުގެ ލޯބީގެ ޖާދޫގައި ޖެހިފައިވާ މަލައިކާ އަރޯރާ އެންމެ ބޭނުންވާ އެއް ކަންތައް އޭނާ ހާމަކޮށްފިއެވެ.

މަލައިކާ ބުނެފައިވާގޮތުގައި އޭނާ އެންމެ ބޭނުންވަނީ މުޅި އުމުރަށް އަރުޖުންއާއެކު ކަރަންޓީނުވުމަށެވެ.

މި ފަހަކަށް އައިސް މަލައިކާ ވަނީ އޭނަގެ އިހުޞާސްތައް ޢާންމުންގެ ކުރިމަތީގައި ފާޅުކުރަން މިހާރު ޖެހިލުން ނުވާކަމުގައި ބުނެ އަރުޖުންއާއި ދެމީހުންގެ ލޯބީގެ ދިރިއުޅުމުގެ ވާހަކަ އޭނާގެ ފޭނުންނާ ޙިއްސާކުރަން ފަށާފައެވެ.

މަލއިކާ ބުނެފައިވާގޮތުގައި އޭނާ އަރުޖުންއާއެކު މުޅި އުމުރަށް ކަރަންޓީންވާން ބޭނުންވާ ސަބަބަކީ އަރަޖުންއާއެކު ހޭދަކުރާ ކޮންމެ ވަޤުތުކޮޅަކީ ވަރަށްވެސް އުފާވެރި ވަޤުތުކޮޅަކަށްވުމާއި އަދި އަރުޖުން ދުވަހަކުވެސް މަލައިކާ ދެރަވެ ނުވަތަ ފޫހިވާނެ ޖާގައެއް ނުދޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް