ބޮޑެތި ފޫކޮޅު ލާފައި ތިބޭ އަންހެނުން މާ ވިސްނުން ތޫނު: ދިރާސާ

އެވްރެޖު ސައިޒަކަށް ވުރެ ބޮޑު ފޫކޮޅެއް ލިބިފައިވާ އަންހެންވެރިންނަކީ ވިސްނުމުގައި މާ ބޮޑަށްވެސް ކުރިއަރައިގެން ގޮސްފައިވާ ބައެއް ކަމަށް ދިރާސާއަކުން ދައްކައިފިއެވެ. ޔުނިވާސިޓީ އޮފް އޮކްސްފޯޑްގެ ސައިން...

28 Dec 2020 | 19:49

އެވްރެޖު ސައިޒަކަށް ވުރެ ބޮޑު ފޫކޮޅެއް ލިބިފައިވާ އަންހެންވެރިންނަކީ ވިސްނުމުގައި މާ ބޮޑަށްވެސް ކުރިއަރައިގެން ގޮސްފައިވާ ބައެއް ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ޔުނިވާސިޓީ އޮފް އޮކްސްފޯޑްގެ ސައިންސްވެރިން ކުރި ދިރާސާގައި ބުނެފައިވަނީ އާދަޔާއި ޚިލާފު ބޮޑު ފޫކޮޅެއް ލިބިފައިވާ އަންހެނުންގެ ވިސްނުން "އެވްރެޖު އަންހެން ކުއްޖާ" ގެ ވިސްނުމަށް ވުރެ މަތީގައި އުޅޭ ކަމަށެވެ. އަދި މިފަދަ އަންހެނުން ނަކީ ސިއްހީގޮތުންވެސް ދުޅަހެޔޮބައެއް ކަމަށެވެ.

ބޮޑެތި ފޫކޮޅުލި އަންހެންވެރިންގެ ކޮލެސްޓްރޯލް ލެވެލް ދަށް ކަމަށް ދިރާސާއިން ދައްކާއިރު ހަކުރު އެންދުމަށް ބޭނުންވާ ހޯމޯންސް ވެސް ގިނައިން އުފައްދާ ކަމަށް މި ދިރާސާގައި ވަނީ ފާހަގަކުރެވިފަ އެވެ.

އެގޮތުން މިއީ ހަކުރުބައްޔާއި ހިތުގެ ބަލިތަކުން ބޮޑެތި ފޫކޮޅުލީ އަންހެންވެރިން ސަލާމަތްކޮށްދޭނެ ކަމަށާއި އަދި މި ބައްޓަން ލިބިފައިވާ އަންހެންވެރިންނަށް ހިތުގެ ބައްޔާއި ހަކުރުބަލީގައި އޮތް ނުރައްކާ އެހެން އަންހެންވެރިންނާ އަޅާބަލާއިރު ކުޑަކަމަށްވެސް މި ދިރާސާގައި ދައްކަ އެވެ.

މި ހޯދުންތަކުން އެނގިފައިވާ ގޮތުގައި ބޮޑު ބުޑެއް ލިބިފައިވާ އަންހެނެއްގެ ވިސްނުންތޫނުވަނީ އޮމެގާ ތިނެއްގެ ފެޓްސް އެމީހުންނަށް ނިކަން ގަދަ އަށް ބޭނުންވެ އެވެ. މި ފެޓްސްގެ ބާވަތަކީ ސީދާ ސިކުނޑީގެ ތަރައްގީ އުސްމިނަކަށް ގެންދިއުމާ ގުޅިލާމެހިފައިވާ މާއްދާއެކެވެ.

ހިޕްސް ބޮޑުކޮށް އަދި ބުޑަށް ބޮޑުކޮށް ތިބޭ އަންހެނުންނަށް ލިބޭ ކުދިންގެ ވިސްނުން ވެސް އެވްރެޖުކޮށް ރަނގަޅު ކަމަށް ދައްކަނީ ބުޑު ބޮޑުވުމުން ކަމަށް މި ދިރާސާއިން ވަނީ އެނގިފަ އެވެ.

ސައިންސުވެރިން ހެދި މި ދިރާސާއިން ދައްކާ ގޮތުން ބޮޑެތި ބުޑު ލީ އަންހެނުންނަށް ސިއްހީ ފައިދާތައް ވަރަށް ގިނަ އެވެ. އެގޮތުން ހަށިގަނޑުގެ ބަރުދަން ރެގިއުލޭޓްކުރުމަށް ހާއްސަވެފައިވާ ހޯމޯންއެއް ކަމުގައިވާ ލެޕްޓިންގެ ލެވެލް މިފަދަ އަންހެނުންގެ ކިބައިގައި ގިނަ ކަމަށް މި ދިރާސާ ރިޕޯޓުގައި ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް