ގާތުންދިނުމަކީ ދަރިފުޅުގެ ވިސްނުމުގެ ބާރުގަދަކޮށްދޭ ކަމެއް ކަމަށް އާ ދިރާސާއަކުން ދައްކައިފި އެވެ.
މެޑިކަލް ޖާނަލް، ދަ ލޭންސެޓްގައި ޝާއިއުކޮށްފައިވާ މި ދިރާސާ ރިޕޯޓަކީ ބްރެޒިލްގެ ފެޑެރަލް ޔުނިވާސިޓީ އޮފް ޕިލޯޓަސްއިން ގާތްގަނޑަކަށް 3،500 އެއްހާ ކުދިން ބޭނުންކޮށްގެން ދިގު މުއްދަތަކަށް ކުރިއަށް ގެންދިޔަ ދިރާސާއެއްގެ ނަތީޖާ އެވެ.
މި ދިރާސާ ރިޕޯޓްގައި ބުނެފައި ވަނީ މި ކުދިންތައް ބޮޑެތި މީހުންނަށް ބަދަލުވަމުން ދިޔައިރު، ގާތުންދިން ކުދިންގެ ވިސްނުން، ގާތުން ނުދޭ ކުދިންނާ ކުދިންނަށްވުރެ އެތަކެއް ގުނަ އިތުރުވެފައިވާ ކަމަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.
މި ދިރާސާ ހެދުމުގައި އިސްކޮށް އުޅުއްވި ޑރ. ބާނާޑޯ ލީސާ ހޯޓާ ވިދާޅުވެފައި ވަނީ ދިރާސާގައި ބޭނުންކުރި ކުދިންގެ ތެރެއިން ބައެއް ކުދިންނަކީ އެއް މަސް ނުވަތަ އެއް އަށް ވުރެ ވެސް ކުރު މުއްދަތަކަށް ގާތުން ދިން ކުދިންނާއި އަހަރަކަށް ވުރެ ގިނަ ދުވަހަށް ގާތުން ދިން ކުދިން ވެސް އޭގެ ތެރޭގައި ހިމެނޭ ކުދިން ކަމަށެވެ.
ގިނަ ދުވަހަށް ގާތުން ދިން ކުދިން އައިކިއު ޓެސްޓްތަކުން ހޯދި ނަތީޖާ މައްޗެވެ.
މި ދިރާސާއާ ގުޅިގެން ތަޖުރިބާކާރުން ބުނަނީ ތުއްތު ދަރިފުޅުގެ ފުރަތަމަ ހަ މަސް ދުވަހު ގާތުންދިނުމުގެ ފައިދާ ބޮޑުކަން އަނެއްކާވެސް ހާމަވެގެން ހިނގައްޖެ ކަމަށާއި މިއީ ހުރިހައި އެންމެ ވެސް ސަމާލުވާން ޖެހޭ ކަމެއް ކަމަށެވެ.
މައިމީހާގެ ކިރު، ސެޗުރޭޓެޑް ފެޓީ އެސިޑުން މުއްސަނދިވެފައިވާއިރު ތަޖުރިބާކާރުން ބުނަނީ އެއީ ސިކުނޑީގެ ތަރައްގީ އަށް ބޭނުންވާ ނިކަން މުހިންމު މާއްދާއެއް ކަމަށެވެ.
އެހެން ކަމުން ގާތުން ދިނުމަކީ ކޮންމެ ހެންވެސް މުހިންމު ކަމެއް ކަމަށް މި ރިޕޯޓުގައި ފާހަގަވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް