ކަރަންޓީނަށް ދާން ލިޔެކިޔުން ހުށަހެޅުން ރަނގަޅަނީ 72 ގަޑިއިރު ކުރިން

އަތޮޅުތެރެއަށް ކަރަންޓީނަށް ދާން ބޭނުންވާ ފަރާތްތަކުން އެކަމަށް ބޭނުންވާ ލިޔެކިޔުންތައް ހާލުބެލުން ޕޯޓަށް މެދުވެރިކޮށް ހުށަހެޅުން އެންމެ ރަނގަޅީ ފުރަން ހަމަޖެހިފައިވާ ގަޑީގެ 72 ގަޑިއިރު ކުރިން ކަމަށް ...

29 Nov 2020 | 18:43

އަތޮޅުތެރެއަށް ކަރަންޓީނަށް ދާން ބޭނުންވާ ފަރާތްތަކުން އެކަމަށް ބޭނުންވާ ލިޔެކިޔުންތައް ހާލުބެލުން ޕޯޓަށް މެދުވެރިކޮށް ހުށަހެޅުން އެންމެ ރަނގަޅީ ފުރަން ހަމަޖެހިފައިވާ ގަޑީގެ 72 ގަޑިއިރު ކުރިން ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

އެޗްއީއޯސީން މިހެން ބުނެފައި މިވަނީ ސްކޫލް ބަންދާ ދިމާކޮށް ގިނަ ބަޔަކު އަތޮޅު ތެރެއަށް ދަތުރު ކުރުމުގެ ހުއްދަ ހޯދަމުންދާ ދަނޑިވަޅެއްގައި އެވެ. އެޗްއީއޯސީން ވަނީ14 ދުވަހު ކަރަންޓީން ވާގޮތަށް އާންމުކޮށް ހުރިހާ ފަރާތްތަކަށް އެޗްޕީއޭގެ ހުއްދަ އާއި އެކު ރަށްރަށަށް ދިޔުމުގެ ހުއްދަ ދީފައި އެވެ.

މިރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ލިޔުންތައް ހުށަހެޅުމަށް އެންމެ ރަނގަޅު ގަޑީގެ ގޮތުގައި72 ގަޑިއިރު ކަނޑައެޅީ ބައެއް ފަހަރު ދަތުރަށް ފުރާ ގަޑިއަށް ބަދަލު އަންނާތީ ކަމަށެވެ. އޭނާ ވިދާޅުވީ ލިޔުންތައް ހުށަހަޅާ ފަހުން ދަތުރު ފަށާ ގަޑިއަށް ބަދަލު އައިސްފި ނަމަ ވީހާވެސް އަވަހަކަށް އެ މައުލޫމާތު ޕޯޓަލް މެދުވެރިކޮށް އަޕްޑޭޓު ކުރަން ވާނެ ކަމަށެވެ

ޑރ. އަފްޒަލް ވިދާޅުވީ ކޯވިޑް ޖެހިފައިވާތާ ތިން މަސް ނުވާ މީހހުން ކަރަންޓީނަށް ދާނަމަ އެޗްޕީއޭއިން ދޫކޮށްފައިވާ ކޯވިޑުން ރަނގަޅުވި ކަމުގެ ލިޔުން ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް