އެސްޓީއޯގެ ސީއެފްއޯގެ މަގާމަށް ބޭފުޅަކު ހަމަޖައްސަވައިފި

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ޗީފް ފައިނޭންޝަލް އޮފިސަރގެ މަގާމަށް އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ، ޕްރޮކިއުމަންޓްގެ މަގާމުގައި ހުންނެވި މުހައްމަދު ނިޒާމް ހަމަޖައްސަވައިފިއެވެ. އެ ކުންފ...

29 Nov 2020 | 17:41

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ޗީފް ފައިނޭންޝަލް އޮފިސަރގެ މަގާމަށް އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ، ޕްރޮކިއުމަންޓްގެ މަގާމުގައި ހުންނެވި މުހައްމަދު ނިޒާމް ހަމަޖައްސަވައިފިއެވެ.

އެ ކުންފުނީގެ ސްޕޯކްސް ޕަރސަން ޢަބްދުﷲ މުޙައްމަދު ވިދާޅުވީ ނިޒާމް އެ މަގާމަށް އައްޔަން ކުރެއްވީ އެ މަގާމުގައި ހުންނެވި މުހައްމަދު މިހާދު ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު މަގާމުން ވަކިވެވަޑައިގަންނަވާތީ ކަމަށެވެ.

ނިޒާމް އަކީ ފައިނޭންސް އެންޑް އެކައުންޓިންގ ދާއިރާއިން މާސްޓަރސް ހާސިލްކުރައްވައި، އެ ކުންފުނީގައި ދިހަ އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ.

މިހާދު މަގާމުން ވަކިވެވަޑައިގަންނަވަނީ ދުނިޔޭގެ އެންމެ ބޮޑު އެއް ކޮންސަލްޓަންސީ ފާރމް ކަމަށްވާ ކޭޕީއެމްޖީގެ ޕާޓްނަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށެވެ.

މިއީ އިންޓަރނޭޝަނަލް ކޮންސަލްޓަންސީ ފާރމެއްގެ ޕާޓްނަރެއްގެ ގޮތުގައި ދިވެއްސަކު އައްޔަންކުރެވުނު ފުރަތަމަ ފަހަރެވެ.

އުމުރުން 26 އަހަރުގައި އެސްޓީއޯގެ ސީއެފްއޯގެ މަގާމަށް ވަޑައިގެންނެވި މިހާދަކީ ޕަބްލިކް ލިސްޓެޑް ކުންފުންޏެއްގެ ސީއެފްއޯގެ މަގާމުގައި މިވަގުތު ހުންނެވި އެންމެ ޒުވާން ސީއެފްއޯއެވެ.

ޗާޓެޑް އެކައުންޓަންޓެއްގެ ގޮތުގައި ހުންނެވި މިހާދުވަނީ އެސްޓީއޯގައި 11 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް