އިތުރު47 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ މިއަދު ޕޮސިޓިވްވީ މާލެ ސަރަހައްދުން 46 މީހުންނާއި އޮޕަރޭޓް ކުރާ ރިސޯޓަކުން މީހަކު ކަމަށެވެ. މިއަދު ކޯވިޑަށް ޓެސްޓު ކޮށްފައިވަނީ 1،829 ސާމްޕަލެވެ.
މިހާރު ކޯވިޑަށް ފަރުވާ ދެމުން ދަނީ 1،039 މީހުންނަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ94 މީހުން ހިމެނެ އެވެ.
ކޯވިޑަށް ފަރުވާ ދެމުންދާ މީހުންގެ ތެރެއިން 787 މީހުން ތިބީ މާލޭ ސިޓީގައި އެވެ. އަތޮޅު ތެރޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި 21 ޕޮސިޓިވް މީހުން ތިބި އިރު އޮޕަރޭޓް ކުރާ ރިސޯޓުތަކުގައި 63 މީހުން އަދި ސަފާރީތަކުގައި 15 މީހުންގެ އިތުރުން ރިސޯޓު ތަރައްގީ ކުރަމުން އަންނަ ރަށްތަކުގައި ކޯވިޑަށް ޕޮސިޓިވް 152 މީހުން އެބަތިއްބެވެ.
މިހާތަނަށް ކޯވިޑް ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވެފައިވަނީ 11،902 މީހުންނެވެ. އަދި މި ބަލީގައި މަރުވެފައިވަނީ 46 މީހުންނެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮސިޓިވްވެފައިވަނީ 12،994 މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް